ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރުގައި މަރާމާތަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭ

އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރުގައި މަރާމާތަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭ

 

އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރުގެ ޚިދުމަތް ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

27 މާރޗް 2024 އިން 04 ޑިސެންބަރު 2024 އާ ދެމެދު، އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރަށް މަރާމާތު ކުރުމަށް ގެނެސް، އަނބުރާ ގެންގޮސްފައިނުވާ އެންމެހައި ތަކެތީގެ ވެރިފަރާތްތަކުން، 24 އޭޕްރިލް 2025 ގެ ކުރިން އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރަށް (މަކިޓާ ޝޯރޫމް) ވަޑައިގެން އެ ތަކެއްޗާއި ޙަވާލުވެވަޑައިގަތުމަށް އެދި ދެންނެވީމެވެ.

ބަޔާންކުރެވިފައިވާ ސުންގަޑީގެ ފަހުން ނުގެންދަވާ ތަކެތި، މިކުންފުނިން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ނައްތާލެވޭނެ ވާހަކަ ހިތާމައާއިއެކު ދަންނަވަމެވެ.

 

ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވާއިރު ތިރީގައި ދެންނެވުނު ކަންކަމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

1 . އެސް.ޓީ.އޯ މަކިޓާ ސަރވިސް ސެންޓަރުން ދޫކޮށްފައިވާ ސަރވިސް މެމޯ/ސްލިޕް ގެނައުން.
2 . މެމޯ ގެއްލިފައިވާނަމަ، ތަކެތި ނެގި ފަރާތުގެ ނަމާއި ނަންބަރު ވިދާޅުވުމުން ތަކެތި ދޫކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކުންފުނީގެ މަކިޓާ ޝޯރޫމްގެ ނަންބަރ 7980240 އަށް ގުޅުއްވުމަށް އެދެމެވެ.

 

ޝުކުރިއްޔާ

17 އެޕްރީލް 2025
ހޯދާ