ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނެގުމަށް ބީލަން ހުށްހެޅުމާއި ގޫޅޭ

އިޢުލާން

 ލ. ކުނަހަންދޫގައި އަލަށްހެދޭ މަގުތަކުގައި ހުރި ރުއްގަހާއި  އަލަށް ދޫކުރި ގޯތިތަކާއި ގުޅިގެން ހަދަނޖެހޭ މަގާއިގޯޅި އާއި އަދި މިނޫންވެސް ސަރަޙައްދުތަކަށް އަރާގޮތަށް ހުރި ރުއްގަސް ވިއްކުމާއި ގުޅޭ (ދެވަނަ އިޢުލާން – 2) 

މިރަށުން ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވުމާއިއެކު އެފުރުޞަތު ހުޅަވާލަމެވެ.

އެހެންކަމުން ރުށްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުންބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތަށް ނެގުމަކީ ރުށްގަސް ގަންނަ ފަރާތުގެ ޒިންމާއެކެވެ.  ނަމަވެސް ހުއްދަތަށް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މި ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން އޮނަނާނެއެވެ. 

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން'' ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް'' ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް:[email protected]  ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ހޯދުމާއި ބީލަމުގައި ރަޖިސްޓްރިވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އަދި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ފޮނުވޭނެ ވާހަކަވެސް ދަންނަވާލަމެވެ.

އިޢުލާނާއި ގުޅޭ އެކި މަރުޙަލާތަށް ދާނެގޮތުގެ ތާވަލު

* ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 27 އޭޕްރީލް 2025 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް.

* ބީލަން ހުށަހެޅުން: 28 އޭޕްރީލް 2025 ވާ ހޯމަ ދުވަހު 13:00 އަށް

* އިތުރު މަޢުލޫމާތު ހޯދުމަށް: 9879966، 7918387

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝައްވާލު 1446

17 އެޕްރީލް 2025
ހޯދާ