ދިވެހިރާއްޖެ
އިޢުލާން
މެއި 2025 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯހަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 އެޕްރީލް 2025 ވާ އާދިއްތަ ދުވަހުން 6 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ އަލްފާޟިލާ އަސްމާ ރުޝްދީ (ފޯން: 3345430، އީމެއިލް: [email protected]) އަށެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ
ކޯހުގެ ނަން: ސިސްކޯ ސަރޓިފައިޑް ނެޓްވޯރކް އެސޯސިއޭޓް (CCNA)
ކެމްޕަސް: ކ. މާލެ
ފެށޭ ތާރީޚް: 11 މެއި 2025
އެންޓްރީ ކްރައިޓީރިއަރ: ގްރޭޑް 10 ނިންމާފައިވުން
ކޯސް ފީ: -/12000
ކޯހުގެ މުއްދަތު: 7 މަސް
ކްލާސް ޝެޑިއުލް: ހަފްތާއަކު 3 ދުވަހު، ދުވާލަކު 2 ގަޑިއިރު (އޮންލައިން)
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
19 ޝައްވާލް 1446