ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް) ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މިއިދާރާއަށް ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް) ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

ކައުންސިލް އޮފިސަރ  (ކޮންޓްރެކްޓް)

މަޤާމުގެ ނަންބަރު:

J-385005

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން މުސާރަނުލިބޭ ޗުއްޓީ ނެގި މުވައްޒަފު ޗުއްޓީ ނިންމާ އޮފީހަށް ނުކުންނަ ދުވަހުގެ ނިޔަލަށް

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.        
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.                                                                                            
  3. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މައްސަލަތަކަށް ޤާނޫނާއި، ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތްތައްނިންމައި ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  4. ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އެ ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމާއި ޕްލޭން ކުރެވިފައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމާއި އަދިފައިނޭންޝަލް ޕްލޭންގައި ވާގޮތަށް ފަންޑު ނުވަތަ ފައިސާ ހޯދުމުގެ މަސައްކަތް ދަޢުލަތުގެ މާލިއްޔަތު ގާނޫނާއި ޤަވާޢިދާ އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުން.                                     
  5. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ފަންޑުތައް އުފެއްދުން.
  6. އަތޮޅުކައުންސިލް އިދާރާގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ބިނާވެށި ޕްލޭން ކުރުމާއި ބެހޭ ކަންކަމުގެ މައްޗަށް ބަލައި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ރަށުގެ ތަރައްޤީއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ޕްލޭނުތައް އެކުލަވާލައި، އެކަންކަމާގުޅޭ މަސައްކަތް ކުރުމާއި، އަދި އެ ޕްލޭނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.                           
  7. ކައުންސިލްގެ ނަމުގައި އިންވެސްޓް ކުރުމާއި، އިންވެސްޓްމަންޓްތައް މިލްކުކުރުމާއި ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހޮޓާ،ކެފޭ ރެސްޓޯރަންޓް ފަދަތަންތަން ބެލެހެއްޓުމާއި އިންސްޕެކްޓްކުރުމާއި، އިޤްތިޞާދު ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ، އަދި ނުއުފުލޭ، މުދާ ހޯދުމާއި މުދާ މިލްކު ކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ކުއްޔަށް ދޫކުރުން.                                                                                                      
  8. ވިޔަފާރި ރަޖިސްޓަރީކުރުމާއި، ބިޒްނަސް ނޭމް އާއި ލޯގޯ ރަޖިސްޓަރީ ކުރުމުގެ މަސައްކަތްތަކާއި، ޓްރޭޑްމާކް ،ޝިޕިން މާކް، ކޮންސައިނީ ބަދަލުކުރުމާއި ބެހޭ މަސައްކަތްތަކާއި، އަދި ވިޔަފާރި ހުއްދަ ބާތިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.                            
  9. ވިޔަފާރި ކުރުމަށާއި ގެދޮރު އެޅުމަށް ދޫކުރާ ލޯނަށް އެދޭފަރާތްތަކުގެ މައްސަލަތައް ހިންގުމާއި، ރަށުގެ ވިޔަފާރިތަކާއި ގުޅިގެން ކައުންސިލުން ނިންމާ ކަންތައްތައް ކުރުމާއި ރަށުގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި، އެކިބާވަތުގެ ވިޔަފާރިތައް އެނގޭނެހެން ވިޔަފާރިތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި ކާޑުގެ ބާވަތްތައް ވިއްކަނީ ކަނޑައަޅާފައިވާ އަގަށްތޯ ބެލުމާއި އެ ފަދަފަރާތްތަކަށް ޢާއްމުކޮށް ވިއްކަންޖެހޭ އަގު އަންގައިދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.                                                               
  10. ރަށުގައި ކާޑުގެ ބާވަތްތަކާއި، ގޭސް، އަދި އަސާސީ ތަކެތި ހުންނަމިންވަރު މަހަކު ދެފަހަރު ދެނެގަނެ އެކަމާބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުމާއި ކާޑާއި، ގޭސް، އަދި އަސާސީ ތަކެތި ރަށަށް ގެންނަންޖެހޭނަމަ އެކަމާގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ވިޔަފާރިކުރާ ތަންތަން ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދުމުން ހުއްދަދިނުމަށް ޤަވާޢިދާ އެއްގޮތަށް ތަން ތައްޔާރުވެފައި ވޭތޯބެލުމަށް ޢިމާރާތްތައް ޗެކްކޮށް، ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން.                                                                                                   
  11. ރަށަށް އިންކަމް ލިބޭނެ ސިނާޢަތްތައް ދެނެގަނެ އެކަންކަން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގެސްޓްހައުސް، މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި އެނޫންވެސް ވިޔަފާރިތައް ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިނެ ކިރާތަކެއްޗާއި، ވިޔަފާރިކުރާތަންތަން ބެލެހެއްޓުން.
  12. މުދާ ވިއްކާތަންތަނާއި ޚިދުމަތްދޭތަންތަނުން ޚިދުމަތްދެމުން ގެންދަނީ ނުވަތަ މުދާ ވިއްކަމުންދަނީ މުދާގަންނަ ފަރާތްތަކާއި ޚިދުމަތްލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްތޯ ބަލާ ޤާނޫނާ ޤަވާޢިދާ ޚިލާފުވެފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މައްސަލަތައް ކުރިއަށް ގެންދިއުން.                                                                                                               
  13. ސެކްޝަނުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާގެ ޕާރފޯމެންސް އިންޑެކްސް ފޯމާއި، މުވައްޒަފުންގެ އެޕްރައިޒަލްގެ ޕާރފޯމެންސް މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އިންޓަރނަލް، އެކްސްޓަރނަލް އޯޑިޓްކުރުމާއި، ކައުންސިލްގެ އިދާރާއަށް ނުލިބިހުންނަ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.                                              
  14. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން އެ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވުމާއި، ކައުންސިލުން ކުރިއަށް ގެންދާ އާއްމު އަދި ޚާއްޞަ މަސައްކަތުތަކުގައި ބައިވެރިވެ އެހީތެރިވުން.                                                                                                                                      
  15. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.                                                                                       

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް /  ޕްރިފަރޑް ޑިސިޕްލިންތައް:

  • އެކައުންޓިންގ                
  • ހިއުމަން ރިސޯސް
 

 

  • އެޑްމިނިސްޓްރޭޝަން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
 

 

  • އެގްރިކަލްޗަރަލް ސައިންސް
  • އިންޓަނޭޝަނަލް ރިލޭޝަންސް
 

 

  • އެންތްރޯޕޮލޮޖީ
  • ލޯ
 

 

  • އާކިޓެކްޗަރ
  • ލީޑަރޝިޕް
 

 

  • ބިޒްނަސް
  • ލައިބްރަރީ ސައިންސް
 

 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ލޯކަލް ގަވަރނަންސް
  • ބިޒްނަސް މެނޭޖްމެންޓް
  • މެނޭޖްމެންޓް
 
   

 

  • ސިވިލް އިންޖިނިއަރިންގ
  • މެރިން ސައިންސް
 

 

  • ކޮމާސް
  • މާކެޓިންގ
 

 

  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
  • އޮފީސް އެޑްމިނިސްޓްރޭޝަން
 

 

  • ކޮމްޕިޔުޓަރ ސައިންސް
  • ޕޮލިސީ ސްޓަޑީޒް
 

 

  • ކައުންސިލް އެޑްމިނިސްޓްރޭޝަން
  • ޕޮލިޓިކަލް ސައިންސް
 

 

  • ކަލްޗަރ އެންޑް ހެރިޓޭޖް
  • ޕްރޮޖެކްޓް މެނޭޖްމެންޓް
 

 

  • ޑިމޮގްރަފީ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
 

 

  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • ޕަބްލިކް މެނޭޖްމަންޓް
 

 

  • އިކޮނޮމިކްސް
  • ޕަބްލިކް ޕޮލިސީ
 

 

  • އެޑިޔުކޭޝަން
  • ޕަބްލިކް ރިލޭޝަންސް
 

 

  • އެންވަޔަރަމެންޓަލް ސައިންސް
  • ޝަރީޢާ އެންޑް ލޯ
 

 

  • ފައިނޭންސް
  • ސޯޝަލް ސައިންސް
 

 

  • ގަވަރނަންސް
  • ސޯޝަލް ވޯރކް
 

 

  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
  • ސޯޝިއޮލޮޖީ
 

 

  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
  • ސްޕޯޓްސް މެނޭޖްމަންޓް
 

 

  • ސްޓެޓިސްޓިކްސް
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ
 

 

  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
  • އަރބަން ޕްލޭނިންގ
 

 

  • އާބަން ސްޓަޑީޒް

 

 

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖެމެންޓް

ކޯ / ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ނޯޓް: ޕްރިފަރޑް ޑިސިޕްލިންގ އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

-          އަސާސީ ޝަރުޠު ހަމަވުމުން                               (%30)

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު                 (%5)

-          ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  (%5)

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ                 (%5)

-          އެސެސްމަންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)                    (%20)

-          އިންޓަރވިއު                                         (%35)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް

 އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ،2025 އޭޕްރީލް 25 އިން 2025 މެއި 17 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

 ޕޮއިންޓް ލިބުނު ގޮތުގެ

ޝީޓް (A2 ޝީޓް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު' (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 އެޕްރީލް 2025
ހޯދާ