ދިވެހިރާއްޖެ
އަޟްޙާއީދު މި ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ހިންގަ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ހަރަކާތް ހިންގަދިނުމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 އެޕްރީލް 23 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް މި އިޢުލާނާއެކު އެއްކަރުސާސްކުރެވިފައިވާ އުޞޫލާ އެއްގޮތަށް އެ އުޞޫލްގައިވާ ފޯމުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާނާ ގުޅޭ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި ހަރަކާތް ހިންގުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަޢުލޫމާތުތަކާއި އިރުޝާދުތައް އުޞޫލްގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މި ކައުންސިލްގެ މެއިލް [email protected] އަށް 2025 އެޕްރީލް 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 އެޕްރީލް 21 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.