ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިޔާވެހި ލޯން ސްކީމާއި ގުޅިގެން ހުށައަޅާ ކުރެހުން ފާސް ކުރުމާއި ގުޅޭ

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމާއި ގުޅިގެން ފޯމު ހުށަހެޅުމަށް ބޭނުންވާ ޢިމާރާތުގެ ކުރެހުން ފާސްކުރުމަށް، ކޮންމެ ދުވަހަކުވެސް މިއިދާރާއަށް ގިނަ އަދަދަކަށް ދަނީ ހުށަހަޅަމުންނެވެ. އަދި މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރިލް 2025 ކަމުގައި އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ އިޢުލާންކޮށްފައެވެ. ޢިމާރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށް ފާސްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ، ލޯން ސްކީމަށް ހުށަހެޅުމުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރެހުންތައް 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އިސްވެދެންނެވުނު މުއްދަތުގެ ފަހުން ހުށަހެޅޭ ކުރެހުންތައް ލޯނަށް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ފާސްނުކުރެވޭނެކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 އެޕްރީލް 2025
ހޯދާ