ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއި ގުޅޭ (4 ވަނަ އިޢުލާން)

އިޢުލާން

އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ މަގުހެދުމާއި ގުޅޭ (4 ވަނަ އިޢުލާން)

ލ.ކުނަހަންދޫއިން ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ނަގައި ގޯތި ދޫކުރެވިފައިވާ ސަރަޙައްދުގެ މަގުތަކާއި އަލަށް ކުނިކަހާ ސާފްކުރުމަށް ދޫކުރެވިފައިވާ މަގުތައް ސާފްކުރުމަށް ބޭނުންވެއެވެ. އެހެންކަމުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ މަގުތަކުގައި ހުރި ރުއްގަހާއި ކުނިކެހުމަށް އަލަށް ދޫކުރެވިފައި ހުރި މަގުތަކުގައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ޝަރުޢީ ބަދަލު ދިނުމަށްޓަކާ އެ ރުއްގަހުގައި ނަމްބަރު ޖެހުމައް ދަންނަވަމެވެ. މީގެ ކުރިން މި ކައުންސިލްގެ ނަމްބަރު (IUL)405-A/2022/66(22.12.2022)އަދި (IUL)405-A/2023/07 (19.2.2023) އަދި (IUL)405-A/2025/47 (17ނޮވެމްބަރ  2024) ގެ އިޢުލާން އިންވެސް ރުއްގަސް ނެގުމަށް ދެންނެވިފައި ވާނެއެވެ.

އަލަށްހަދާ މަގުތަކަކީ -

  1. އޫރިދޫ ހަޓްގެ ހުޅަނގު މަގު އުތުރުން  ދެކުނަށް ހޭޅިއާ ހަމައަށް
  2. ފުޓްބޯޅަ ދަނޑުގެ ހުޅަނގުން އޮންނަ ފަހިމަގުގެ ދެކުނުން ހޭޅިއާއި ހަމައަށް
  3. ހަނީފު މޫސާ ގޯތީގެ ދެކުނު މަގު( ކިބިގަސް ހިނގުން)، އިރުމަތިން ގޮސް ތައުސިޢާ ގޭގެ އިރުމަތީ މަގާއި ހަމައަށް
  4. ޣަދަފުގެ ހުޅަނގުމަގު ގަބުރުސްތާނުން ފެށިގެން އިރަށް ގޮސް ހޭޅިއާ ހަމައަށް
  5. ޣަދަފްގެ ހުޅަނގުމަގު ދެކުނަށް ގޮސް ކިބިގަސް ހިނގުމާ ހަމައަށް
  6. ސަންފުލަވަރ ގޭގެ އިރުމަތީމަގު – ދެކުނުން އުތުރަށް ގޮސް ހޭޅިއާއި ހަމައަށް
  7. އާއިންޖީނުގޭގެ އުތުރު މަގާއި ދެކުނު މަގު – ހުޅަނގަށް އައިސް ރަށުގެ މަގުތަކާއި ހަމައަށް އިރަށް ގޮސް ހޭޅިއާ ހަމައަށް
  8. މޭވާ ގޯޅީގައިވާ ހުރިހާ ރުއްގަސް ދެކުނަށް ގޮސް ހޭޅިއާ ހަމައަށް
  9. ކުނިކޮށި އުތުރު މަގު – އިރަށްގޮސް ހޭލިއާއި ހަމައަށް
  10. ހިތްފަސޭހަ ހިނގުން މަގު ޞިއްޙީމަރުކަޒު ދެކުނު މަގު – އިރަށްގޮސް ހޭޅިއާއި ހަމައަށް
  11. އަޙްމަދު ހާފިޒު ގޯތި އުތުރުމަގު – އިރަށްގޮސް ހޭލިއާއި ހަމައަށް

ވީމާ، 30 އޭޕްރީލް 2025 ވާ  ބުދަ ދުވަހުގެ ނިޔަލަށް މަތީގައިވާ މަގުތަކާއި ގޯޅިތަކުގައި ވާ ރުއްގަހުގެ ވެރިފަރާތުން ނަމްބަރު ޖެހުމަށް ދަންނަވަމެވެ. އަދި ރުއްގަހުގެ ވެރިފަރާތުން ނަގަންބޭނުންވާ ރުއްގަސް ނެގުމަށް ދަންނަވަމެވެ. ބުޑު ނާޅާ ހުންނަ ކުދި ރުކާއި ގަސް ވެރިފަރާތުން މި މުއްދަތުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. 30 އޭޕްރީލް 2025 ގެ ފަހުން ހުންނަ ކުދި ރުކާއި ގަސް އަގަކާނުލައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މުއްދަތާއި ހަމައަށް ނަމްބަރ ޖަހާފައި ނުވާ ރުއްގަސް ބެލެވޭނީ ރައްޔިތުންގެ ރުއްގަސް ކަމުގައެވެ. ވެރިފަރާތުން ރުއްގަސް ބޭނުންވާ ކަމުގައި ވާނަމަ މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރުއްގަސް ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ނަމްބަރު ނުޖަހާ ރުއްގަހާއި މެދު ޢަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ.

19 ޝައްވާލް  1446

17 އެޕްރީލް 2025
ހޯދާ