ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކައުންސިލްގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ރަށްތަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން، ފ. މަގޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމް ފުރުމަށްފަހު  [email protected] ށް މެއިލްކުރެއްވުން އެދެމެވެ. ފޯމާއެކު ވިޔަފާރި / ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ފޮނުވަންވާނެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ އެކަމަށްއެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 250.00ރ (ދުއިސައްތަފަންސާސް) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ޕްރީ ބިޑް މީޓިންގް

2025 އޭޕްރީލް 24 ވަނަ ދުވަހުގެ 13:00 ގައި،  ފ. މަގޫދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 2025 އޭޕްރީލް 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮން ބީލަން  ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ބިޑް ފޮނުވާނީ [email protected]  އަށް، ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހުމަށް ފަހު ބިޑް ޑޮކިއުމެންޓްގައިވާ އެއްމެހާ ތަކެތި އީމެއިލްގައި އެޓޭޗް ކުރުމަށް ފަހުއެވެ.

ނުވަތަ 2025 އޭޕްރީލް 30 ވަނަ ދުވަހުގެ ބީލަން  ކެނޑުމަށް ހަމަޖެހިފައިވާ ގަޑި، 14:00 ގައި މި އިދާރާއަށް ވަޑައިގެން ބީލަން  ހުށަހެޅިދާނެއެވެ. މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫ ކައުންސިލްގެ އާއިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން/ (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

 

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާއެކު ފޮނުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

16 އެޕްރީލް 2025
ހޯދާ