ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ހެޑް އޮފީސް ހިންގާ މ. ސީޓްރެކްސް ބިލްޑިންގ 2 ފަންގިފިލާ (ފަންގިފިލާ 2 އަދި 3) ގައި ހަރުކޮށްފައިހުރި 39 އެއަރ ކޮންޑިޝަންތައް ފުލް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ހެޑް އޮފީސް ހިންގާ މ. ސީޓްރެކްސް ބިލްޑިންގ 2 ފަންގިފިލާ (ފަންގިފިލާ 2 އަދި 3) ގައި ހަރުކޮށްފައިހުރި 39 އެއަރ ކޮންޑިޝަންތައް ފުލް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އެއަރ ކޮންޑިޝަނަންތައް ފުލް ސަރވިސް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 16 އޭޕްރީލް 2025 ވާ ބުދަ ދުވަހުން ފެށިގެން 26 އޭޕްރީލް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

22 އޭޕްރީލް 2025 (އަންގާރަ)

13:30 (މެންދުރުފަހު)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

އަންދާސީ ހިސާބު ހުށަހެޅުއްވުން

27 އޭޕްރީލް 2025

(އާދީއްތަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

16 އެޕްރީލް 2025
ހޯދާ