ދ. ރިނބުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތުކެއަރ އެޓެންޑެންޓްގެ މަޤާމަށް މީހަކު ހޯދުމަށް

3

 

ދ. ރިނބުދޫ ޞިއްޙީމަރުކަޒު

ދ. ރިނބުދޫ                                ނަމްބަރު: (IUL)M03-HC/2025/02

 ދިވެހިރާއްޖެ.

އިޢުލާނު

. ރިނބުދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު:

ހެލްތުކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-403551

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ރިނބުދޫ ޞިއްޙީމަރުކަޒު

މުސާރަ:

3470.00ރ ( ތިންހާސް ހަތަރުސަތޭކަ ހަތްދިހަރުފިޔާ )

ސަރވިސް އެލަވަންސް:

1000.00ރ ( އެއްހާސް ރުފިޔާ )

ސަޕޯޓިންކޯ އެލަވަންސް:

1200.00ރ ( ބާރަސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް  އަދި އެހެނިހެން ޢިނާޔަތްތައް.
  3. ހެލްތެ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އީ.އާރު، ލޭބަރރޫމް، ވޯޑް، ޑްރެސިންގރޫމް ފަދަ ތަންތަނުގައި އެޑްމިޓްކުރެވޭ ބަލިމީހުންގެ ކަންތައްތަކުގައި ނަރުހުންނަށް އެހީތެރިވުން.
  2. އީ.އާރު، ލޭބަރރޫމް، ވޯޑް، ޑްރެސިންގ ރޫމް ފަދަ ތަންތަނުން ނައްތާލާންޖެހޭ ކުނި އިންސިނަރޭޓްކުރުން، ސިއްހީމަރުކަޒުގެ ވޯޑުގެ އެނދުތަކުގެ ތަންމަތި ޤަވާއިދުން ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން.
  3. ސިއްހީމަރުކަޒުގެ ވޯޑުގެ އެނދުތަކުގެ ތަންމަތި ޤަވާއިދުން ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން.
  4. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން.
  5. ކްލިނިކަލް އޭރިޔާ ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އެ އޭރިޔާގެ ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީ ފަދަ ތަކެތި ފޮޅާ، ފޮހެ ސާފުކުރުން.
  6. ކްލިނިކަލް އޭރިޔާ ސާފުކުރަން ހަމަޖެހިފައި އޮންނަ ގަޑިތަކުގައި އެ އޭރިޔާ ކުނިކަހާ މޮޕްއަޅާ ސާފުކުރުން، ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން އަދި ބަލިމީހުން ބޭނުންކުރާ ފާޚާނާތައް ދޮވެ ސާފުކުރުން.
  7. ލޯންޑްރީއަށް ގެނެވޭ ތަކެތި ދޮވުމުގެކުރިން ބައިކޮށް ( ކުލައެއްޗެހި، ހުދު އަދި ރަބަރ ޝީޓް ) ވަކިން ދޮވުން.
  8. ޞިއްޙީމަރުކަޒުގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީސް އުރަ، ގައުން ފަދަ ފޮތީގެ ބާވަތްތަކާއި ރަބަރު ޝީޓް ފަދަ އެންމެހާ ތަކެތި ދޮވެ އިސްތިރިކުރުން.
  9. ލޯންޑްރީ ސާފުކޮށްބެލެހެއްޓުމާއި، ލޯންޑްރީގައި ހުންނަ އެންމެހާތަކެތީގެ ހިސާބުތައް ބެލެހެއްޓުން އަދި ހަލާކުވެފައިވާ ތަކެތީގެ ހިސާބުތައް ސްޕަވައިޒަރަށް އެންގުން.
  10. މަރުކަޒުގެ ކުޑަދޮރުތަކުގެ ފޮތިތަކާ، އީ.އާރު އަދި ވޯޑުގެ އެނދުގެ ވަށައިގެން ދަމާފައިހުންނަ ފޮތިތައް މަހަކު އެއްފަހަރު ދޮވުމާއި، މަރުކަޒުގައި ބޭނުންކުރާ ފޮތީގެ ބާވަތްތައް ދަތިވިޔަނުދީ ދޮވެ އިސްތިރިކޮށް ބެލެހެއްޓުމާއި ހަލާކުވެފައިވާތަކެތި ވަކިކޮށް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ޙަވާލުކުރުން.
  11. ޞިއްޙީމަރުކަޒުގައިވާ އިމާރާތްތަކުގެ ފެންލައިޓާއި، ދޮރުފަތްތަކުގެ ބިއްލޫރިތަކާއި، ފަންކާ، ހޮޅިބުރި، ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން.
  12. މަރުކަޒުގެ އިމާރާތުގެ އެތެރެ ކުނިކަހާ ފޮޅާ މޮޕްލުން އަދި ފާޚާނާތައް ސާފުކުރުން.
  13. ލެބޯޓްރީ މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން.
  14. މަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  15. މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ރަގަޅަށް ބެލެހެއްޓުން.
  16. ގަސްތައްބިޔަވެ އުދަގޫވާކަމަށް ފާހަގަކުރެވޭނަމަ މަރުކަޒު އޮފީހުގެ ލަފާގެ މަތިން ގަސްތައްކޮށުމާއި، މަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  17. އުކާލަންޖެހޭ ކުނިތައް ވަކިކުރުމަށް ކަނޑައެޅިފައިވާ ޑަސްބިންތަކަށް ވަކިކޮށް އެޅުން، ޑަސްބިނަށް ނުލެވޭވަރުގެ ތަކެތި އުކާލުމަށްޓަކައި ގޯތިތެރޭގައި އެފަދަ ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނުގައި ބެހެއްޓުން.
  18. ޖަލްސާތަކަށާއި މީޓިންތަކަށް ނުވަތަ އެނޫންތަންތަން ތައްޔާރުކުރަންޖެހުމުން އެމަސައްކަތްކުރުން.
  19. މަރުކަޒަށް ގަންނަންޖެހޭ ތަކެތި އަގުޖެއްސުމާއި، ފިހާރަތަކުން ނަގަންޖެހޭ ތަކެތި ނެގުން. 
  20. ރަށުގައިވާ ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ޙަވާލުކުރުން.
  21. މަރުކަޒުން އެކިތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، އެކިތަންތަނުން މަރުކަޒަށް ގެންނަންޖެހޭތަކެތި ގެނައުން އަދި މުވައްޒަފުންނާއި، އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ ލިއުންތައް އެންގުން.
  22. މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތަށް ހަލާކުވާނަމަ ނުވަތަ އިތުރު އާލާތެއް ބޭނުންވާނަމަ، އެކަން ސްޕަވައިޒަރަށް ރިޕޯރޓް ކުރުން.  
  23. މުވައްޒަފަކު ޗުއްޓީނެގުމުންނާއި، ސަލާންބުނާ ދުވަސްތަކުގައި ހަވާލުކުރެވޭ އެމުވައްޒަފުގެ މަސައްކަތްތައް ކުރުން.
  24. ޢިޖުތިމާއީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތްތަކާއި އެކިއެކި ޚާއްޞަ ދުވަސްތައް ފާހަގަކުރުމުގެގޮތުން މަރުކަޒުން ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  25. ޞިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1-      ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަކުން ބަލައިގެންނެވެ.

ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 

  • ކްލީނިންގް އެންޑް ލޯންޑްރީ
  • ފޮޅާ ސާފުކުރުން
  • ޕޭޝަންޓް ކެއަރ ސަރވިސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

ނެތް

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

 

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ       https://www.csc.gov.mv/Announcement/ViewDownloads/4 )  ވެބްސައިޓުން  ޑައުންލޯޑްކުރެވޭނެއެވެ. އަދި މިސިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތައުލީމު

5

އަސާސީ ޝަރުޠަށް ވުރެ އިރުތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2025 ވަނަ  ދުވަހުގެ 13:00 ގެ ކުރިން، ރިނބުދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އީ.މެއިލް އިން ވަޒީފާއަށް އެދި ފޮނުވާ ލިއުންތައް ފޮނުވާއިރު ވަޒީފާއަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީކާޑް ނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އަދި އިންޓަވިއު އޮންނާނީ، 01 މެއި 2025 އާއި 24 މެއި 2025 އާއި ދެމެދު ދ. ރިނބުދޫ ޞިއްޙީމަރުކަޒުގައެވެ. ސިއްޙީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު ) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސަރުކާރު ރަސްމީ ގަޑިގައި 6760004 އަށެވެ. އީ-މެއިލް ކުރާނީ ([email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

18 ޝައްވާލް 1446

16 އޭޕްރީލް 2025

16 އެޕްރީލް 2025
ހޯދާ