ދިވެހިރާއްޖެ
ގަރާޖުތަކާ ގުޅޭގޮތުން މި ވުޒާރާއަށް ހުށަހެޅި، ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން، މި ވުޒާރާއިން (04.02.2025) ގައި ކޮށްފައިވާ ނަންބަރު ( ( (IUL)472/472/2025/18 އިއުލާނުގައި ފާހަގަކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހ.ރަސްމާދޫގެ ގަރާޖުގައި ވާ ތިރީގައި ބަޔާންކޮށްފައިވާ ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތު ހަމަވެފައިވާތީ، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ވުޒާރާގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ .
1- ރަޖިސްޓްރީ ނަންބަރު B1B8604
2- ރަޖިސްޓްރީ ނަންބަރު B1B7631
3- ރަޖިސްޓްރީ ނަންބަރު B1B8642
1- އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުން އުނިކުރި ސަބަބު:
ތިޔަ ފަރާތުން ވެހިކަލް ގަރާޖު ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ގަރާޖަކީ އެ ގަރާޖުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ހުށަހަޅާފައިވާ ގަރާޖެއް ނޫންކަމަށް ގަރާޖުގެ ވެރިފަރާތުން މިނިސްޓްރީއަށް މައްސަލަ ހުށަހަޅައި އިޤުރާރުވެފައިވުން.
2- ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުގެ މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު
2.1 އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން އުޅަނދު ރަޖިސްޓްރީކުރުމަށް އުޅަނދު ބާއްވާނެ ގަރާޖަކާއި، އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމާއި، ގަރާޖު ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމާއެކީ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރީކޮށްފައިވާ މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ފުރުޞަތުދެމެވެ.
2.2 ރަޖިސްޓްރީކުރުމަށް ދީފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ، ތިޔަ ފަރާތުގެ އުޅަނދަށް މިނިސްޓްރީން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ހުއްޓާލާނެކަން އަންގަމެވެ.
2.3 ޚިދުމަތް ހުއްޓާލާތާ 6 މަސް ދުވަސް ހަމަވާއިރު، އުޅަނދުގެ މައްސަލަ ޙައްލުކޮށްފައިނުވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެކަމުގައި ދެންނެވީމެވެ.