ދިވެހިރާއްޖެ
`
އއ. އަތޮޅު މަދަރުސާ
އއ. ފެރިދޫ / ދިވެހިރާއްޖެ
ނަންބަރު:GS32/IUL/2025/07
އިޢުލާން
މިމަދަރުސާގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިއުން
މިމަދަރުސާގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2025 އޭޕްރިލް 26 ވަނަ ދުވަހުގެ މެންދުރުފަހު 16:00 ގައި މިމަދަރުސާގައި އޮންނާނެއެވެ.
މިތަކެތި ބަލަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2025 އޭޕްރިލް 25 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އިން 16:00 އަށް މިމަދަރުސާއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިތައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 އޭޕްރީލް 26 ވަނަ ދުވަހުގެ މެންދުރު 16:30 އަށް މިމަދަރުސާގެ ގުދަންކައިރިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެވޭނީ 03 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މިމަދަރުސާގެ ފޯން ނަންބަރު: 6660023 އަށް ގުޅުއްވުން އެދެމެވެ.
16 އޭޕްރީލް 2025