ދިވެހިރާއްޖެ
މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވާ މަދަހަ މުބާރާތް 1446، 15 މެއި 2025 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިކައުންސިލުން ބާއްވާ 3 ވަނަ މަދަހަ މުބާރާތެވެ.
މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ހުރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ޒޯންތަކުގެ ވާދަވެރިކަމާއި އެކު މުބާރާތް ކުރިޔަށް ގެންގޮސް ޒޯންތަކުގެ އެކުވެރިކަން ބަދަހި ކުރުމެވެ.
ވީމާ، މި މުބާރާތުގައި ވަކިވަކި މަދަހަ ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 05 މެއި 2025 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
https://forms.gle/e7iKbzxYv5LkRSYH6
އަދި ގުރޫޕް މަދަހަ ހުށައަޅާ ޒޯން ތަކުން، 05 މެއި 2025 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ގްރޫޕްގެ ބައިވެރިންގެ އައިޑީ ކާޑް 2 ފުށުގެ ކޮޕީ ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް މެއިލް ނުވަތަ 9411300 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
https://forms.gle/3p6RQGGVEYVEFf618
މި މުބާރާތުގައި އަމަލުކުރާނެ ޤަވައިދާއި ޒޯންގެ މަޢުލޫމާތު މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9755770 ނުވަތަ 7985577 އާއިއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.