މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާއިރު ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ފޯމާއިއެކު ހުށައަޅަންޖެހޭ އިތުރު ލިޔެ ކިޔުންތައް ހުށައެޅުމުގެ މުއްދަތު އިތުރުކުރުން

 
ކައުންސިލްގެ 24 ވަނަ ކުލި ބައްދަލުވުމުން ގެވަޅު ފޯމާއިއެކު ރަށުންބޭރުގައި ދިރިއުޅެމުންދާ ފަރާތްތަކުން ރަށުންބޭރުގައި ދިރިއުޅޭކަން އަންގާއިދޭ ލިއުން 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00އާއި ހަމައަށް  ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި އާއްމުންގެ މައުލޫމާތަށްޓަކައި އެންގީމެވެ. 
އެހެން ނަމަވެސް ގެވަޅުފޯމް ބަލައިގަތުމުގެ ވަގުތާއި މުއްދަތު އިތުރު ކުރެވިފައިނުވާ ކަމުގައި ދަންނަވަމެއެވެ. އަދި އީމެއިލް މެދުވެރިކޮށް  ފޯމް ހުށަހަޅާ ފަރާތްތަކުގެ ފޯމްވެސް ބަލައި ގަނެވޭނީ 17 އޭޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 12:00އާއި ހަމައަށް ކަމުގައި އަންގަމެވެ.
16 އެޕްރީލް 2025
ހޯދާ