ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
|
ނަންބަރ: H/IUL/2025/67 |
|
|
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު |
|
ހުޅުމާލެ އެމް.ޕީ.އެލް ސަރަހައްދުގައި ހުރި 10 ސައުންޑް އެޓަނުއޭޓަރ ކ. ދިއްފުށި އިންޖީނުގެއަށް ގެންގޮސް ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. |
|
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 20 ވާ (އާދިއްތަ) ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. |
|
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ.
|
|
މި މަސައްކަތަށް ހުށަހަޅާ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ހުށެހެޅުންތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު: އަގު: 80 ޕޮއިންޓް ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80 މުއްދަތު: 15 ޕޮއިންޓް ހުށަހަޅާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×15 ތަޖުރިބާ: 05 ޕޮއިންޓް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
|
|
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. ހެޑް އޮފް ޕްރޮކިއުމަންޓް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިޢުލާން ނަންބަރު: H/IUL/2025/67
|
|
އަންދާސީހިސާބު ހުޅުވުން: މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 21 ވާ (ހޯމަ) ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
|
19 ޝައްވާލް 1446 |
|
16 އެޕްރީލް 2025 |
|
ނޯޓް:
|