ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އެފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށް ނެގޭ ގުރުނެގުމާއިގުޅޭ

 

ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި އެފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށް ނެގޭ ގުރުނެގުމުގެ ބައްދަލުވުން 20 އެޕްރީލް 2025 ވާ އާދީއްތަދުވަހުގެ ރޭ 20:30 ގައި ސުލައިމާނިއްޔާ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވާ އެންމެހާ ފަރާތްތަކުން މި ގުރުނެގުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. ގުރުނެގުމުގެ ބައްދަލުވުމަށް ހާޒިރު ނުވެވޭނަމަ ބަދަލުގައި މީހަކު ފޮނުވިދާނެ ކަމުގައި ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެފަރާތުގެ ބަދަލުގައި ގުރުނެގުމުގެ އެންމެހާ ކަންކަމުގައި ބައިވެރިވުމުގެ ޕަވާރއޮފްއެޓާނީ އެފަރާތަށް ހަވާލުކޮއްފައިވާކަމުގެ ސިޓީއާއި ގުރުނެގުމަށް ހަވާލުވި ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް ގުރުނެގުމަށް ހާޒިރުވާ ފަރާތަށް ހަވާލުކޮށްފައި ފޮނުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ދާއިމީ ލިސްޓްގައިވާ އެއްވެސް ފަރާތަކަށް ނުވަތަ އެފަރާތުގެ ބަދަލުގައި މީހަކު ގުރުނެގުމުގެ ބައްދަލުވުމަށް ހާޒިރު ނުވެއްޖެނަމަ ގޯތިދޫކުރުމުގެ ކަންކަން ބަލަހައްޓަވާ ވިލަރެސް ކޮމެޓީން ކަނޑައަޅާފައިވާ ގޮތުގެމަތިން މިކައުންސިލްގެ ފަރާތުން ގުރުނަގާ ގޯތި ލިބޭ ތަން ކަނޑައަޅާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮން ހުޅުވާލެވިފައިވާ ކަމުގައި ދަންނަމަވެ.

 

16 އެޕްރީލް 2025
ހޯދާ