ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ( ވޭސްޓް މެނޭޖްމަންޓް )

 

 

          

 

މަޤާމު:

މަސައްކަތު ( ވޭސްޓް މެނޭޖްމަންޓް )

 

މަޤާމުގެ ބާވަތް:

ވޭޖް  

ބޭނުންވާ ޢަދަދު:

05 ( ފަހެއް )

 

މަސައްކަތް ކުރަންޖެހޭ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

މުއްދަތު:

30 އޭޕްރީލް 2027 ގެ ނިޔަލަށް

މުސާރަ:

އަސާސީ މުސާރަ : -/3000 ރުފިޔާ ( ތިންހާސް ރުފިޔާ )

އިތުރުގަޑީގެ ފައިސާ : ސިވިލް ސަރވިސްގެ ޤަވައިދާ އެއްގޮތަށް

ރިސްކް އެލަވަންސް: -/45 ރުފިޔާ ( ސާޅީސްފަސް ރުފިޔާ، މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް )

ސަރވިސް އެލަވަންސް: -/3500 ރުފިޔާ ( ދެހާސް ފަސްސަތޭކަ ރުފިޔާ )

ރަމަޟާން އެލަވަންސް : -/3000 ރުފިޔާ ( ތިންހާސް ރުފިޔާ )

ރިޓަޔަރމަންޓް ޕެންޝަން : އަސާސީ މުސާރައިގެ %7  

މަސައްކަތް ކުރަން ޖެހޭ ގަޑި:

ހުކުރު ، ހޮނިހިރު ފިޔަވައި ދުވާލަކު 06 ގަޑި އިރު

ހުކުރު، ހޮނިހިރުގައި ދުވާލަކު 02 ގަޑިއިރު ( މުވައްޒަފުން ދައުރުވާގޮތަށް )

 

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން

(ށ) ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

(ނ) ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

 މަސްއޫލިއްޔަތު:       

  1. ގޭބިސީތަކުން ބަދިގޭގައި އުފެދޭ ކާބޯތަކެތި ކުނި ނަގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އުކާލުން.
  2. ގޭބިސީތަކުގައި އުފޭދޭ ކުނި ނަގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އުކާލުން.
  3. ކުނި ނެގުމުގެ އުޞޫލުގައިވާގޮތުގެމަތިން ވިޔަފާރިތަކާއި މުވައްސާސާތަކާއި އަދި ޖަމްޢިއްޔާތަކުގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އުކާލުން.

 

  1. ރަށުގެ ކުނިގޮޑު ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
    1. ކުނި އަޅާސަރަހައްދުގައި ޖަމާވާ ކުނި ގިނަވިޔަ ނުދީ އެންދުން.
    2. ކުނިގޮނޑު ސަރަހައްދާ ކުނި ގޮނޑަށްދާ މަގު ވާވިޔަ ނުދީ ބަލެހެއްޓުން.
    3. ކުނި އަންދާއިރު އުފެދޭ އަޅި ގިނަވިޔަ ނުދީ އަޅި އެޅުމަށް ހަމަޖެހިފައިވާ ތަނަށް އަޅި އެޅުން.
    4. ގޮނޑު ސާފުކޮށް ބޭއްވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް އުތީމު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.
    5. އިޖްތިމާޢީ ސަރަހައްދުތަކުން ކުނި އަދި ޑަސްބިން އުކާލުން
    6. ޕާރކްތަކުގެ ވިނަ ކޮށުން (މެޝިނުން)
    7. ފުޓްބޯޅަދަނޑު ސާފުކޮށް ބަލަހައްޓައި ކުނި އުކާލުން
    8. ސްޕޯރޓްސް އެރީނާ ސާފުކޮށް ބަލަހައްޓައި ކުނި އުކާލުން
    9. ކައުންސިލުން ސާފުކޮށް ބަލަހައްޓާ މަގުތަކުގެ ގަސްތަށް ކޮށައި ކުނިއުކާލުން
    10. ރުއް ދަނޑަށާއި، އަނބު ދަނޑުތަކަށް ފެންޖެހުން
    11. ވަޒީފާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަށް ކުރުމާއި ކައުންސިލަށް އެއްބާރުލުންދީ ކައުންސިލުން އެދޭ މަސައްކަތް ތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ    ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

(މީހުން ނެގުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޭޕްރީލް 23 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  ،

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27  އޭޕްރީލް 2025 ން 29 އޭޕްރީލް 2025 އާއި ދޭތެރޭގައި ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

15 އެޕްރީލް 2025
ހޯދާ