ދިވެހިރާއްޖެ
އާންމު ދަނޑުވެރިކަން ކުރުމަށާއި ވިޔަފާރި އުޞޫލުން ހއ.އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލަމެވެ. މި ދެ ގިންތީގެ ދަނޑުބިމާ ބެހޭ މަޢުލޫމާތު ''ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި، ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު" ގައި ބަޔާންކޮށްފައި ވާނެއެވެ.
މީގެ ތެރެއިން އާންމު ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމަށް އެދޭ ފަރާތްތަކުން 2025 މެއި 1 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން "ދަނޑުބިމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އާންމު ދަނޑުވެރިކަމަށް ދޫކުރާ ދަނޑުބިމަށް އެދޭއިރު، "ދަނޑުބިމަށް އެދޭ ފޯމް" އާއިއެކު ގޭބިސީ އަންގައިދޭ ލިޔުން (ކަރަންޓް ބިލު ނުވަތަ ފެންބިލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ)، އަދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ގޭބިސީގެ ވެރިޔާގެ ހުއްދަ ހުށަހަޅަންވާނެއެވެ.
ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކުން 2025 އޭޕްރިލް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ބީލަމުގައި ނަންނޯޓު ކުރެވޭނެއެވެ.
https://forms.office.com/r/p9g78W6YYE
ނުވަތަ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވައިގެން ބީލަމުގައި ނަންނޯޓު ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވެވޭނީ މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީވުމަށް ދައްކަންޖެހޭ ފީ ދައްކައި ސްލިޕް މިއިދާރާއަށް ފޮނުވުމުންނެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 2025 މެއި 1 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، "ދަނޑުބިމަށް އެދޭ ފޯމް" އާއެކު ޕްރޮޕޯސަލް ފޯމު، ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ސްލިޕް އަދި ވިޔަފާރި/ކުންފުނި/ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
ދަނޑުބިން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޫކުރާ "ދަނޑުބިމަށް އެދޭ ފޯމް" މި އިދާރާގެ ވެބްސައިޓް www.uligan.gov.mv އާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 12:00 އާ ދެމެދު މި އިދާރާގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6501014 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.