ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްގެ ވަށައިފާރާއި، ޢިމާރާތުގެ ބޭރު ފާރުގައި ކުލަލާއި، އަސްގެނީގެ ސީލިންގްގައި ކުލުމާއި، ނަލަ ފިލާގައި ދަވާދުލުމާއިބެހޭ(.)

މިކޯޓްގެ ވަށައިފާރުގެ އެތެރެއާއި، ބޭރާއި، ޢިމާރާތުގެ ބޭރު ފާރުގައި ކުލަލާއި، އަސްގެނީގެ ސީލިންގުގައި ކުލަލާއި، ނަލަ ފިލާގައި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ތަން

ދުވަސް

ތާރީޚް

ގަޑި

ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް

ބުރާސްފަތި

24 އޭޕްރީލް 2025

13:00

 

      މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 20 އޭޕްރީލް ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކޯޓްގައި އޮންނާނެއެވެ.   

       ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު:2014/19( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީކާޑު ގެންގެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންގެވުން އެދެމެވެ.

        އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޓްގެ 6780660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.                

‏17  ޝައްވާލު  1446

‏15  އޭޕްރީލް  2025

15 އެޕްރީލް 2025
ހޯދާ