ދިވެހިރާއްޖެ
އިޢުލާން
މާޅެންދޫ ސްކޫލްގެ ބީޓެކް ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިސްކޫލްގެ ބީޓެކް ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސްކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ބީޓެކް ކުލާސްރޫމް މަރާމާތު ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލު ކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި ސްކޫލްއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބިޑް ރަޖިސްޓްރީކުރުމާއި ނަންނޯޓްކުރުން |
ނ. މާޅެންދޫ ސްކޫލް |
23 އޭޕްރީލް 2025 |
ބުދަ |
10:00 |
މައުލޫމާތުދިނުމުގެ ސެޝަން |
ނ. މާޅެންދޫ ސްކޫލް |
23 އޭޕްރީލް 2025 |
ބުދަ |
13:15 |
ބިޑް ހުށައެޅުން |
ނ. މާޅެންދޫ ސްކޫލް |
06 މެއި 2025 |
އަންގާރަ |
10:00 |
ނަންނޯޓް ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.
- ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
- މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
- އައި.ޑީ.ކާޑު ނަންބަރ
- ގުޅޭނެ ފޯން / މޮބައިލް ނަންބަރު
- މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 6560575 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.