ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީގައި ގުރުއާނާއިބެހޭ މަރުކަޒު ގާއިމްކުރާ އިމާރާތް މަރާމާތު ކުރުން

     ކޮޅުމަޑުލު ބުރުނީގައި ގުރުއާނާއިބެހޭ މަރުކަޒު ގާއިމްކުރާ އިމާރާތް މަރާމާތު ކުރުން

   މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް  ބުރުނީގައި ގުރުއާނާއިބެހޭ މަރުކަޒު ގާއިމްކުރާ އިމާރާތް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް އެކަމަށްއެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

-       މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.

-       ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 28 އޭޕްރީލް 2025 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮންރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެއެވެ.

-       ފައިސާބަލައިގަންނާނީ 15 އޭޕްރީލް 2025 އިން 28 އޭޕްރީލް 2025 އަށް، ބަންދުނޫންކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް އެދޭ ފަރާތުގެ ނަމާއި އެޑުރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އަދި ފައިސާ ދެއްކި ސްލިޕުގެ ކޮޕީ [email protected] އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.

-       ބިޑުޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބިޑަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ. އަދި ބީލަމުގައި ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ދައްކައި ކައުންސިލަށް މެއިލް ލިބުނު ކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާ އެކެވެ.

-       މި ބިޑާއިގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 28 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އީމެއިލް އެޑްރެހަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ 04 މޭ 2025 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއިވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ބުރުނީ ކައުނަސިލް އިދާރާ/ ރޯޝަނީމަގު ތ.ބުރުނި

-          ފޯން:  6780038+960

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ސައްވާލް  1446

15 އެޕްރީލް 2025
ހޯދާ