ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުފާރު ކައިރީ ބޭރު މަގުމަތީގައި، އެކިބާވައްތަކުގެ ގަސް އިންދައި ހެއްދުމާއި ގުޅޭ

ކުޅުދުއްފުށީ ގޯތިތަކުގެ މަގުފާރު ކައިރި ބޭރުގައި އެކި ބާވައްތަކުގެ ގަސްތައް އިންދައި، ހައްދާ ކަމުގެ ޝަކުވާ މިއިދާރާއަށް އަންނަނީ ހުށަހެޅެމުންނެވެ. މިގޮތަށް މަގުމަތީގައި ގަސް ހެއްދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާވެސް ގިނަ އަދަދަކަށް މިއިދާރާއަށް ހުށަހެޅެމުންދެއެވެ.

ވީމާ، އިންފާރުން ބޭރު މަގުގައި ގަސް ހައްދާފައިވާ ގޯތިތަކުން އެގަސްތައް ވީއެންމެ އަވަހަކަށް ނެގުމަށް އަންގަމެވެ. މީގެ އިތުރުން، ކުޅުދުއްފުށީ މަގުތަކުގެ ގްރީން ޒޯނާއި ގަސް އިންދުމަށް ޙާއްސަ ކުރެވިފައިވާ ތަންތަން ފިޔަވައި މަގުގެ އެއްވެސް ތަނެއްގައި ގަސްއިންދާ ހެއްދުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި ގްރީން ޒޯންތަކާއި ގަސް އިންދުމަށް ޙާއްސަ ކުރެވިފައިވާ ތަންތަނުގައި ގަސްއިންދުމަށް ބޭނުންފުޅުވާނަމަ، މިއިދާރާއިން ހުއްދަ ހޯދުމަށްފަހު، މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ.

14 އެޕްރީލް 2025
ހޯދާ