ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ދުވަސް ފާހަގަކުރުމަށް ބާއްވާ ޢީދު ސައިފޮދާ ގުޅޭ
1446 އަހަރުގެ އަޟްޙާ ޢީދު ހއ. އަތޮޅުގެ ރަށްރަށުގައި ފާހަގަކުރުމަށް ކޮންމެ ރަށެއްގައިވެސް ޢީދު ސައި ބޭއްވުމަށް، އަތޮޅުގެ ކޮންމެ ރަށަކަށް 5000.00 ރ (ފަސްހާސް ރުފިޔާ) ގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
އެހެންކަމުން، އަޟްޙާ ޢީދު ދުވަހު ޢީދު ސައި ބޭއްވުމަށް ބޭނުންވާ ހއ.އަތޮޅުގެ ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން 2025 އެޕްރީލް 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ފޮނުއްވާނީ މި ކައުންސިލްގެ އީ.މެއިލް : [email protected] އަށް ކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 އެޕްރީލް 2025
ހޯދާ