ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ނިލަންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާރޕޯސް ހޯލުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ޢިޢުލާން

ގއ.ނިލަންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާރޕޯސް ހޯލުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

 20 އެޕްރީލް 2025

އާދިއްތަ

12:00

2

ބިޑް ހުށަހަޅާ ތާރީޚް

 27 އެޕްރީލް 2025

އާދީއްތަ

11:00

 

މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑްރޭހަށް ފޮނުއްވުން އެދެމެވެ.

1-      ބިޑް ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދެއްނަމަ އައިޑެންޓިޓީ ކާރޑްގައި ވާ ގޮތަށް އަދި ކުންފުންޏަކުން ބިޑް ހުށަހަޅާ ނަމަ ކުންފުނީގެ ރަޖިސްޓްރީގައި ވާ ގޮތަށް )

2-      ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

3-      ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާރޑުގެ ކޮޕީ

4-      ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރ ކުރެވޭ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚް އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. ވެރިފަރާތް ނޫން އެހެންފަރާތަކުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ ސިޓީ އަކުން މިއިދާރާއަށް އެކަން އަންގަންވައިދެއްވުން އެދެމެވެ. އަދި  ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

           ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

14 އެޕްރީލް 2025
ހޯދާ