ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އއ. މަތިވެރި އިންޖީނުގޭގައި ހުރި 02 ޑީސަލް ޓޭންކު ކ. ގުޅިއަށް ގެންގޮސް ބަހައްޓައިދިނުމާއި، އއ. މަތިވެރި އިންޖީނުގޭގައި ހުރި 01 ޖަނަރޭޓަރ ސެޓް ކ. ތުލުސްދޫއަށް ގެންގޮސް ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                       

 

ނަންބަރ: H/IUL/2025/66

 

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ސްޓެލްކޯ އއ. މަތިވެރި އިންޖީނުގޭގައި ހުރި 02 ޑީސަލް ޓޭންކު ކ. ގުޅިއަށް ގެންގޮސް ބަހައްޓައިދިނުމާއި، އއ. މަތިވެރި އިންޖީނުގޭގައި ހުރި 01 ޖަނަރޭޓަރ ސެޓް ކ. ތުލުސްދޫއަށް ގެންގޮސް ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 17 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ.

މި މަސައްކަތަށް ހުށަހަޅާ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ހުށެހެޅުންތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގު: 80 ޕޮއިންޓް

ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80

މުއްދަތު: 15 ޕޮއިންޓް

ހުށަހަޅާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×15

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2025/66  

އަންދާސީހިސާބު ހުޅުވުން:

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 21 ވާ (ހޯމަ) ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

17 ޝައްވާލް 1446

14 އެޕްރީލް 2025

ނޯޓް:

  • މި އިއުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބު ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338152 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 

 

 

14 އެޕްރީލް 2025
ހޯދާ