ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސޭލްސް އޮފިސަރ)

މިކޯޕަރޭޝަންގެތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސޭލްސް އޮފިސަރ 

 ބޭނުންވާ ޢަދަދު:

 03 (ތިނެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު 5,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް     ޙާޞިލްކޮށްފައިވުން.

 ނުވަތަ،

 -  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 03 ގެ ސަނަދެއް   ޙާޞިލްކޮށްފައިވުމާއެކު މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ،

 - މަޤާމުގެމަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވުން.  

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ސޭލްސް ރިސީޕްޓް، ސޭލްސް އޯޑަރ، ޑެލިވެރީ ނޯޓް ތައްޔާރުކުރުން.

 - ކަސްޓަމަރުންގެ ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި ފޯނުން ސޭލްސްގެ މުޢާމަލާތްތައް ކުރުން.

 - މަންތްލީ އަދި ވީކްލީ ރިޕޯޓްތައް ތައްޔާރުކުރުން.

 - ސޭލްސް ޕްރޮސެސް ކުރިއަށްދާގޮތް ބެލުމާއި ޖެހޭ މައްސަލަތައް ޓީމާ ގުޅިގެން ހައްލުކުރުން.

 - ޑިޕާޓްމަންޓުގެ އެކްޓިވިޓީތައް ހިންގުމުގެ މަސައްކަތްތައް ކުރުން.

 - މަސައްކަތުގެ ދާއިރާގައި ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

 -   މިވަޒީފާއަށްޕ އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު،   21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް   ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް   ފޮނުއްވުން އެދެމެވެ.

 -   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ   ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް   ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ).
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތުހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރީލް / މެއި މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

   16 ޝައްވާލް 1446

14 އެޕްރީލް 2025
ހޯދާ