ހޯރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހެލްތް ކެއަރ އެޓެންޑަންޓް

      ނަންބަރު:(IUL)A06-HC/2025/07

އިޢުލާނު

 

މަޤާމު:

ހެލްތް ކެއަރ އެޓެންޑަންޓް

މަޤާމުގެ ނަންބަރު:

J-403087

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު

މުސާރަ:

މަހަކު 3,470.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

-   ހެލްތު އެލަވަންސްގެ ގޮތުގައި މަހަކު އަސާސީ މުސާރައިގެ %35.

-   ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 1200.00 ރުފިޔާ.

-   ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކު އެލަވަންސް.

-    ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒުގެ އެތެރެއާއި ބޭރު ސާފުކުރުމާ މެޝިނަރީއާއި ހިފާގެންގުޅޭ އެންމެހާ ސާމާނު އަދި ޞިއްޙީމަރުކަޒުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
  2. ފާހާނާތަކުގައި ހެދޭ ބްލޮކްތައް ސާފްކޮށް ބެލެހެއްޓުމާއި ޞިއްޙީމަރުކަޒުގެ ފުރާޅާއި ފެންތާނގީތަށް ސާފުކޮށް ބެލެހެއްޓުން.
  3. ޞިއްޙީމަރުކަޒުގެ ބޭނުމަށް ގެންނަންޖެހޭ މުދަލާއި ތަކެތި ޞިއްޙީމަރުކަޒަށް ގެނައުން އަދި ނީލަން ކިޔަން ޖެހޭ ތަކެތި ވަކިކޮށް ނީލަން ކިޔުމަށް ގެންދަންޖެހޭ ތަންތަނަށް ގެންދިއުން.
  4. ޞިއްޙީމަރުކަޒުންދޭ ޙިދުމަތްތަކަށް އަންނަ ބަދަލު (ހިދުމަތްދޭ ތަން ބަދަލުވުން، ހިދުމަތް ފުޅާވުން، އައު ހިދުމަތެއް ފެށުން ފަދަ) ތަކާއި ގުޅިގެން އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ތަކެތި އުފުލުން.
  5. ޞިއްޙީމަރުކަޒުގައި ބާއްވާ ހަފްލާތަކަށް ތަން ތައްޔާރުކުރުން. (ގޮނޑިޖެހުން، މޭޒު ޖެހުން، ބެނަރހަރުކުރުން ފަދަ)
  6. މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބަހައްޓާފައިވާތަން ރަނގަޅަށް ބެލެހެއްޓުން، އަދި މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހަލާކުވާނަމަ، ނުވަތަ އިތުރު އާލާތެއް ބޭނުންވާނަމަ، އެކަން ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  7. ޞިއްޙީމަރުކަޒުން އެކިއެކި ތަންތަނަށް ފޮނުވާތަކެތި ފޮނުވުމާއި، ސިޓީ މެސެޖްފަދަ ތަކެތި ރަށްދުކުރުމަށް އެހީތެރިވުން.
  8. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައިވާ ގަސްތަށް ކޮށާ ބެލެހެއްޓުމާއި، ބަގީޗާގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  9. ޞިއްޙީމަރުކަޒުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  10. ދޮވެނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯ ޗެކްކުރުން. ރަބަރ ޝީޓްތަށް ޓޭންކަށް އަޅައިގެން ދޮވުމަށް ފަހު ތަނެއްގައި އަޅައިގެން ހިއްކުން. އަދި ދޮވެނިމޭތަކެތި ލަސްނުކޮށް ދޮންނަސަރަހައްދުން ނެރުން. އަދި ދޮވެފައިވާ ތަކެތި ހިއްކަމުން ދާއިރު ލަށް ނުފިލާހުންނަތަކެތި ފާހަގަކޮށް އެތަކެތި ނެގުން.
  11. އެއްވެސް މެޝިނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ސްޕަރވައިޒަރަށް އެކަން ވީހާއަވަހަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  12. ދޮންނަށް ބޭނުންވާ ތަކެތި އަބަދުވެސް ހުސްނުކޮށް ބެހެއްޓުމަށްޓަކައި ސްޕަވައިޒަރގެ އެހީތެރިކަމާއި އެކު ހޯދާ ބެހެއްޓުމަށް މަސައްކަތްކުރުމާއި ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން އެތަކެތި ހަމައަށް ހުރިތޯ ޗެކްކުރުން.
  13. ލޯންޑްރީގައި ބޭނުންކުރާ އިސްތިރި އަދި މެޝިންތަކުގައި މައްސަލައެއްފާހަގަ ކުރެވޭނަމަ ވަގުތުން ސްޕަވައިޒަރަށް އަންގައި އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރުން.
  14. ދޮވެއިސްތިރިކޮށްނިމޭ ތަކެތި ފަތްޖަހާ ބޭނުންކުރެވޭވަރަށް ތައްޔާރުކުރުމާއި ހަލާކުވެފައިވާ ބޭޑްޝީޓް ބާލީހުއުރަ ވަކިކޮށް ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުން.
  15. ޚިދުމަތް ދޭއިރު ސެކްޝަންތަކުގައި ބޭނުންކުރާ ކޯޓާއި ގައުނުފަދަ ތަކެތި ރައްކާތެރިކަމާއިއެކު ވަކިންދޮވުމާއި އެތަކެތި ދޮވެ އިސްތިރިކުރުމަށް ފަހު އެސެކްޝަންތަކާއި ޤަވައިދުން ހަވާލުކުރުން.
  16. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުން
  17. ލޭބަރޫމް، ވޯޑު،ޑްރެސިންރޫމްފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންތަކުގައި ނަރުހުންނަށް އެހީތެރިވުން
  18. ލޭބަރޫމް، ވޯޑު، ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި އިންސިނަނޭޓް ކުރުން
  19. ކްލިނިކް އޭރިޔާގެ ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީ ފަދަ ތަކެތި ފޮޅާސާފުކުރުން
  20. ވޯޑުގެ އެނދުތަކުގެ ތަންމަތި ބަދަލުކުރުމާއި، އެނދުތައް ޑިސްއިންފެކްޓްކުރުން އަދި ބެޑްޝީޓްތައް ދޮވުން.
  21. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން
  22. މީގެ އިތުރުން ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން
  23. ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

 

މަޤާމުގެ ތައުލީމީ ރޮނގުތަށް:

  • ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކްލީނިންގް އެންޑް ލޯންޑްރީ
  • ފޮޅާ ސާފުކުރުން
    • ޕޭޝަންޓް ކެއަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އެޕްރީލް 22 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހއ.ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 24 އެޕްރީލް 2025 އާއި 28 މެއި 2025 އާ ދެމެދުގެ ތާރީހެއްގައި، ހއ.ހޯރަފުށި ޞިއްހީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500064 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޝައްވާލް 1446

14 އެޕްރީލް 2025
ހޯދާ