ދިވެހިރާއްޖެ
ޢިއުލާން
" ހއ. ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ " ހއ. ފިއްލަދޫ ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމު |
މުސާރަ އާއި އެލަވަންސް |
އަދަދު |
މެނޭޖިން ޑިރެކްޓަރު |
ބޯޑުބައްދަލުވުމުގެ ސިޓިންގއެލަވަންސް: 750.00 (ހަތްސަތޭކަ ފަންސާސް) ރުފިޔާ |
1 |
މިނިވަން ޑިރެކްޓަރު |
ބޯޑު ބައްދަލުވުމުގެ ސިޓިންގ އެލަވަންސް: 500.00 (ފަސް ސަތޭކަ) ރުފިޔާ |
1 |
މެނޭޖިން ޑިރެކްޓަރަށް ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 750.00 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ. މިނިވަން ޑިރެކްޓަރަށް ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 500.00 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ. މިގޮތަށް އެލަވަންސް ދެވޭނީ ކައުންސިލްގެ ބޭރުން ނެގޭ ބޯޑު މެންބަރުންނަށެވެ.
ހއ.ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ޑިރެކްޓަރުންގެ ޝަރުތުތައް:
މެނޭޖިންގ ޑިރެކްޓަރު |
||
ޝަރުތުތައް |
ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް |
|
(ހ) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، މަދުވެގެން 4 (ހަތަރު) އަހަރު ދުވަހުގެ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ |
|
(ށ) |
ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
އެހެނިހެން ޝަރުތުތައް |
||
(ހ) |
އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ އަދި 55 އަހަރު ފުރިފައިނުވާ ދިވެއްސަކުކަމުގައިވުން |
|
(ށ) |
ބުއްދި ސަލާމަތުން ހުރުން |
|
(ނ) |
ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. |
|
(ރ) |
ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. |
|
(ބ) |
މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. |
|
(ޅ) |
އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. |
|
(ކ) |
ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
|
(އ) |
ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން. |
|
(ވ) |
ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްޢޫލިއްޔަތުތައް އަދާކުރެވޭނެ ފަރާތެއްކަމުގައިވުން |
މިނިވަން ޑިރެކްޓަރު |
||
ޝަރުތުތައް |
ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް |
|
(ހ) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ |
|
(ށ) |
ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
އެހެނިހެން ޝަރުތުތައް |
||
(ހ) |
އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ އަދި 55 އަހަރު ފުރިފައިނުވާ ދިވެއްސަކުކަމުގައިވުން |
|
(ށ) |
ބުއްދި ސަލާމަތުން ހުރުން |
|
(ނ) |
ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. |
|
(ރ) |
ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. |
|
(ބ) |
މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. |
|
(ޅ) |
އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. |
|
(ކ) |
ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
|
(އ) |
ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން. |
|
(ވ) |
ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން. |
|
(މ) |
ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން. |
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (2022/221/01އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ހއ.ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ އަށް ، ނުވަތަ [email protected] އީމެއިލް އަށް ހުށަހެޅުއްވުން އެދެމެވެ.
ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް، ހއ.ފިއްލަދޫ ކައުންސިލުން އެކުލަވާލާ ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ހއ.ފިއްލަދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.
15 ޝައްވާލް 1446ހ
14 އޭޕްރީލް 2025މ