ދިވެހިރާއްޖެ
ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އެގްޒެކަޓިވް ޑިރެކްޓަރެއް ހޯދުން
ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ސަތޭކަ އިންސައްތަ ހިއްސާވާ ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމު: |
މެނޭޖިންގ ޑިރެކްޓަރ (އެގްޒެކަޓިވް ޑިރެކްޓަރ) |
ވަޒިފާ އަދާކުރަންޖެހޭ ތަން: |
ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، ރ. އުނގޫފާރު |
އަދަދު: |
01 (އެކެއް) |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު) |
މުސާރަ އާއި ޢިނާޔަތްތައް: |
14,000.00 އާއި 18,000.00 ރުފިޔާ އާ ދެމެދު |
ރަސްމީ މަސައްކަތު ގަޑި |
ދުވާލަކު 8 ގަޑިއިރު |
ތަޢުލީމާއި ތަޖުރިބާގެ ޝަރުތު: |
(ހ) މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ފެންވަރު ސަނަދެއް ޙާޞިލްކޮށްފައިވުން. (ށ) މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް އަދި ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 3 (ދޭއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން. (ނ) ސީއެމްޑީއޭ އިން ހިންގާ ޑިރެކްޓަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަކުރަން އެއްބަސްވާ ފަރާތެއް ކަމުގައިވުން. |
އެހެނިހެން ޝަރުތު: |
(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން. (ށ) ބުއްދި ސަލާމަތުން ހުރުން. (ނ) އުނގޫފާރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން (ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. (ބ) ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. (ޅ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތް ނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. (ކ) އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. (އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު: |
(ހ) ކުންފުނީގެ ބޯޑުގެ އިރުޝާދާއެކު ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުން. (ށ) ކުންފުނީގެ ބޯޑުގެ އިރުޝާދާއެކު ކުންފުނީގެ ވިޝަން، މިޝަން، ކޮމްޕެނީ ގޯލްސް/އޮބްޖެކްޓިވްސް އާއި ސްޓްރެޓެޖީ އަދި ބިޒްނަސް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން . (ނ) ކުންފުނީގެ މަޤުސަދުތަކާއި، ސްޓްރެޓެޖީ އަދި ބިޒްނަސް ޕްލޭން ޙާސިލު ކުރުމަށް ބޭނުންވާ ކުންފުނީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ އާއި ބޭނުންވާ ޕޮލިސީތަކާއި ޕްރޮޝީޖަރ، އަދި އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތަކާއި، ރިސްކް މެނޭޖްމަންޓް އަދި ގަވަރނަންސްގެ ހަރުދަނާ ނިޒާމުތައް ޤާއިމުކޮށް އެކުލަވާލައި، ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކޮށް، ތަންފީޒުކުރުން . (ރ) ކުންފުނި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި މެނޭޖްމަންޓް ޓީމް ލީޑްކޮށް އިރުޝާދު ދީ، ވިޔަފާރި ހިންގުން. (ބ) ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މާލީ ސިއްހަތާއި ފައިދާ ކުރިއަރުވައި، "ޝެއަރހޯލްޑަރ ވެލްތު" އިތުރުކުރުން. (ޅ) ކުންފުނީގެ އަހަރީ ބަޖެޓު އެކުލަވާލައި، ބަޖެޓް ތަންފީޒުކޮށް، ވިޔަފާރި ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމައި، އަހަރީ ޕްލޭންގައިވާ ލަނޑުދަޑިތައް ޙާސިލުކުރުން. (ކ) ދިވެހިރާއްޖޭ އެންމެހާ ޤާނޫނުތަކަށް އިހުތިރާމުކޮށް، ކުންފުނި ހިންގުމުގައި ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކޮށް، ވިޔަފާރި ހިންގުމުގައި ޤާނޫނީ ގޮތުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ހުށަހަޅައި، ކުންފުނި ހިންގުމާގުޅޭ އެހެނިހެން ޤާނޫނީ ޒިންމާތައް އަދާކުރުން. (އ) ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ އުސޫލުތަކާ އެއްގޮތަށް ނަޒާހަތްތެރި ކަމާއެކު ކުންފުނި ހިންގައި، ކުންފުނީގެ ޝެއަރހޯލްޑާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ކުންފުނި ތަމްސީލުކޮށް، ހެޔޮ ނަތީޖާ ނެރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ. (ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ). (ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ރ) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛ (ބ) މަޤާމަށް ބޭނުންވާ ވަޒީފާގެ ތަޖުރިބާ އަންގައިދާ ލިޔެކިޔުންތައް؛ (ބ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް. |
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރީލް 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6584751 އަށް ގުޅުއްވުން އެދެމެވެ.