ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫގައި ބޭންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ އޭ.ޓީ.އެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގދ. ރަތަފަންދޫގައި ބޭންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ އޭ.ޓީ.އެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބޭންކް އޮފް މޯލްޑިވްސްއިން ގދ.ރަތަފަންދޫގައި އޭ.ޓީ.އެމްއެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)420-PM/420/2025/24 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 ބިޑް ރަޖިސްޓްރީކުރުން

 އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.office.com/r/4bvTKi8kPK   

 ތާރީޚް: 16 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

  • މި މަސައްކަތުގައި ރަޖިސްޓްރީކުރާފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރީއާއިން ފޯރުކޮށްދެވޭނެއެވެ.

 ބިޑް ހުށަހެޅުން

 ތަން: ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާގައި

 ތާރީޚް: 22 އެޕްރީލް  2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި.

 

ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އެޕްރީލް 2025
ހޯދާ