ކޮޅުމަޑުލު ކިނބިދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން

                    

                   

އިޢުލާނު

މިސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން

1. މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް  2025 އޭޕްރީލް  15 ން  2025 އޭޕްރީލް  21  ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މިސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލުގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2025 އޭޕްރީލް  20  ވާ އާދިއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. ޕްރީބިޑް މީޓިން އޮންނާނީ 23 އޭޕްރީލް ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލު އޮފީހުގައެވެ.

6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2025 އޭޕްރީލް  30  ވާ ބުދަ ދުވަހުގެ 11:30 ގައި މި ސްކޫލް އޮފީހު ގައެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކިނބިދޫ ސްކޫލް

ތ. ކިނބިދޫ، ދިވެހިރާއްޖެ.                                          

ފޯން: 6780095

އީ-މެއިލް: [email protected]

 

 

14 އެޕްރީލް 2025
ހޯދާ