ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤިރާއަތު ސެޓްފިކެޓް 4 ފެށުމަށް

          ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ތިރީގައި މި ދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  1. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ):
  • ޤިރާއަތު ސެޓްފިކެޓް 4: ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ.

 

  1. ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1):
  • ޤިރާއަތު ސެޓްފިކެޓް 4: ހެނދުނު 25 ޖާގަ

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 4:

  1. "އިސްލާމް" މި މާއްދާ ހިމެނޭގޮތަށް ދަށު ސާނަވީގެ 3 ފާސް އޮތުން. ނުވަތަ
  2. ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 3 ހާސިލުކޮށްފައި އޮތުން.

ކޯހުގެ މުއްދަތު

  1. ޤިރާއަތު ސެޓްފިކެޓް 4
  • 30 ހަފްތާ (15 ހަފްތާގެ ދެ ސެމިސްޓަރ)

 

         މި ކޯސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގުލް ފޯމް ( https://forms.gle/RciJDGkUgWvpVqHz7 ) 20 އޭޕްރީލް 2025 ގެ 12:30 ގެ ކުރިން  ފުރިހަމަ ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ.

ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އޭޕްރީލް 2025 އިން 24 އޭޕްރީލް 2025 އާއި ދެމެދު އެވެ.

14 އެޕްރީލް 2025
ހޯދާ