ދިވެހިރާއްޖެ
އިޢުލާން
މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރުން
ފާސްކޮށް ޢަމަލު ކުރެވެމުންދާ ނިލަންދޫގެ ބިނާވެށި ޕްލޭނާއި އެއްގޮތަށް ނިލަންދޫ ހުކުރު މިސްކިތްމަގުގެ ދެކުނުން ރިނބުދު ބަލާމަގުގެ އިރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އުތުރުން އޮތް ސަރަޙައްދުން 1500 އަކަފޫޓުގެ 05 ބިން 15 އަހަރު ދުވަހުގެ މުއްދަތަށް މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފިއެވެ.
މިކަމާއިގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި، ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2025 އެޕްރީލް 07 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނާ ފަރާތްތަކުން 2025 އެޕްރީލް 29 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
07 ޝައްވާލު 1446
06 އެޕްރީލް 2025