ދިވެހިރާއްޖެ
ކުނިކޮށި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފާރާތެއް ހޯދުން
ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް އޮޅުވެލިފުށީ ކުނިކޮށީގައި ގޭޓުހަރުކުރުމާއި ތަޅުންއެޅުމާއި އަދިވެސް ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެފާރާތެއް ހޯދަންބޭނުންވެއްޖެއެވެ.
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 14 އެޕްރީލް 2025 ން ފެށިގެން 18 އެޕްރޯލް 2025 ގެ 13:30 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ މެއިލް އެޑްރެސް:[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.
ބިޑު ހުށަހެޅުން
ތާރީޚް: |
ދުވަސް |
ވަގުތު |
ތަން |
22 އެޕްރީލް 2025 |
އަންގާރަ |
11:00 |
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ |
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލެ ފަރުދެއްނަމަ އައިޑީކާރޑު ކޮޕީ ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.
14 އެޕްރީލް 2025