ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ތިރީގައި އެވާ މަސައްކަތްތައް  މިއިދާރާއަށް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، އެކަމަށް އެދޭ ފަރާތްތަކުން  17 އެޕްރީލް 2025 ވަނަ ދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރައަކީ މަހަކު 15000ރ. (ފަނަރަހާސް ރުފިޔާ) އެވެ.

މި މަކަށް އެދޭ ފަރާތްތަކުގެތެރެއިން މަސައްކަތް ޙަވާލުކުރެވޭ ފަރާތް ހޮވުމުގައި އެފަރާތުގެ ޤާބިލްކަމަށާޢި ތަޖުރިބާއަށް ބެލެވޭނެއެވެ. މި މަސައްކަތްކުރަންޖެހޭނީ މިއިދާރާއިން ކަނޑައަޅާ އުޞޫލެއްގެތެރެއިން މި އިދާރާގައެވެ.

މަސައްކަތްތައް

1-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުންކުރަންޖެހޭ އެންމެހައި ކަންތައް ކައުންސިލްގެ ރައީސް ނުވަތަ ސެކެޓްރީޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން

2-      ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

3-      ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ހަފުތާރިޕޯޓް ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ނިމުމުން ސެކްޝަނުގެ ވެރިޔާލައްވާ ސޮއިކުރުވާ ބެލެހެއްޓުން.

4-      ވ.ތިނަދޫކައުންސިލްގެ އެކައުންޓްތައް މަހަކު އެއްފަހަރު ރިކޮންސައިލްކޮށް ރިޕޯރޓް ތައްޔާކުރުން

5-      މާލީ ބަޔާން ތައްޔާރުކުރުން

6-      ތިޖޫރިގައާއި އެކައުންޓްގައި ހުންނަ ފައިސާގެ އައިޓަމް ބާކީތައް އަދާހަމަށްކޮށް ބެލެހެއްޓުން

7-      ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުން

8-      މުވައްޒަފު ކުރާ މަސައްކަތްތަކާ ގުޅޭ ލިޔެކިއުތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން

9-      މުވައްޒަފުންގެ މުސާރައާއި، މި ނޫންވެސް ސެކްޝަނުން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ އެންމެހާ ފައިސާ އެފަރާތްތަކަށް ޙަވާލްކުރުން.

10-  މީގެ އިތުރުންވެސް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700604 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 އެޕްރީލް 2025
ހޯދާ