ދިވެހިރާއްޖެ
އއ.ތޮއްޑޫގައި ޤާއިމު ކޮށްފައިވާ އިހުރު ބާޒާރުން ކުއްޔަށް ދޫކުރުމަށް ހަމަޖހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލުމަށް މި ކޯޕަރޭޝަނުން 18 މާރިޗު 2025 ވީ އަންގާރަ ދުވަހު ކުރި ނަންބަރު (IUL)BCC-IM/1/2025/24 އިޢުލާނުގެ ފޯމު ހުށަހެޅުމުގެ ސުންގަޑި 30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 15:00 އަށް އިތުރުކޮށް، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
ފޯމު ލިންކް:https://forms.office.com/r/nycRvHGVsV
ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ