ދިވެހިރާއްޖެ
ކައުންސިލްގެ ޚަރަދުގައި ރަށުގައި މީހުން ދިރިއުޅޭ ގޭތަކުގައި ނަންބޯޑު ހަރުކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން ކައުންސިލުން ތައްޔާރުކޮށް ހަރުކުރާ ނަންބޯޑު ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކުވާ އޮންލައިން ފޯމު ފުރުމަށް ދަންނަވަމެވެ. ފޯމު ފުރާއިރު ހުށަހަޅާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ފޯމު ފުރުމުގެ ސުންގަޑިއަކީ 2025 އެޕްރީލް 20 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ކައުންސިލުން ދޭ ނަންބޯޑު ހުންނާނީ ކައުންސިލުން ފަރުމާކުރާ އެއް ފަރުމާއަކަށެވެ. ހުރިހާ ނަންބޯޑެއްވެސް ހުންނާނީ މި ފަރުމާއާ އެއްގޮތަށެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ފޯމު ލިންކް: https://forms.office.com/r/e51bzBk8Pv
15 ޝައްވާލް 1446