މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ހުނަވަރު ޕްރޮގްރާމް 2025

މި ކުންފުނީގެ ހުނަވަރު ޕްރޮގާރާމްގެ ދަށުން ތަމްރީންކުރުމަށް ކަނޑައަޅާފައިވާ، ތިރީގައި މިދަންނަވާ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުނަވަރު – ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަން

އަދަދު

 17

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 03 މަސް ދުވަސް

އެލަވަންސް

5000.00ރ. (މަހަކު)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • އޯލެވެލް ފުރިހަމަކޮށްފައިވުން (ސައިންސް ސްޓްރީމް)
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ދާއިރާގެ އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 އެޕްރީލް 17 ވަނަ ދުވަހުގެ  23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2025 އޭޕްރިލް 18 ން 2025 މޭއި 18 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
14 އެޕްރީލް 2025
ހޯދާ