ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ މަދަޙަ މުބާރާތް 2025
މުބާރާތުގެ ޤަވާޢިދު
1. މަޤްޞަދު:
- ރަށު ރައްޔިތުންގެ މެދުގައި މަދަޙަ ކިޔުމުގެ ފަންނުވެރިކަންކުރިއެރުވުން.
- ރައްޔިތުންގެ މެދުގައި މަދަޙައަށް ލޯބިޖެއްސުން
- ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުން.
2. މުބާރާތް ބާއްވާ ތާރީޚާއި މުބާރާތުގައި ބައިވެރިވުން:
- މުބާރާތް އޮންނާނީ ޖޫން މަހުގެ25 - 30 އަށެވެ.
- މުބާރާތުގައި ބައިވެރިވުމަށް މިކައުންސިލުން ދޫކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށައެޅުމުން މުބާރާތުގައި ބައިވެރި ވެވުނީއެވެ.
- މުބާރާތުގައި ބައިވެރިވާ ފޯމް 7 އޭޕްރީލު 2025 ން ފެށިގެން އޮންލައިން ކޮށް އަދި ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
3. މުބާރާތް ރޭވިފައިވާ ގޮތާއި ބައިވެރިވެވޭ ޢުމުރުފުރާތައް:
* ޢުމުރު ބަލާނީ ޖެނުއަރީ 1 ށް ފުރިފައިވާ އަހަރަށެވެ.
* ސްކޫލު ދަރިވަރަކަށް 18 އަހަރު ފުރިފައިވީނަމަވެސް އެދަރިވަރު ބައިވެރިވާނީ އެދަރިވަރު ކިޔަވަމުންދާ ކީ ސްޓޭޖްގެ ގުރޫޕުގައެވެ.
* 16 އަހަރު ފުރި ސްކޫލުގައި ކިޔަވާ ދަރިވަރެއް ނޫންނަމަ ބައިވެރިވާނީ 16-35 އަހަރާއި ދެމެދުގެ ޢުމުރު ފުރާގައެވެ.
- މިމުބާރާތް ބެހިފައިވަނީ 3 ބަޔަކަށެވެ. އެއީ ސްކޫލް ދަރިވަރުންނާއި އާންމު ރައްޔިތުންގެ ބައި އަދި ގްރޫޕް މަދަހައިގެ ބައެވެ.
3.1 ސްކޫލު ދަރިވަރުންގެ ބައި:
- ބޭބީ ނާޞަރީ، ނާޞަރީ
- ފައުންޑޭޝަން ސްޓޭޖް
- ކީ ސްޓޭޖް 1 (ގްރޭޑް 1، 2، 3)
- ކީ ސްޓޭޖް 2 (ގްރޭޑް 4، 5، 6)
- ކީ ސްޓޭޖް 3 (ގްރޭޑް 7، 8)
- ކީ ސްޓޭޖް 4 (ގްރޭޑް 9،10)
- ކީ ސްޓޭޖް 5 (ގްރޭޑް 11،12)
3.2 ޢާންމުންގެ ބައި
- 16 – 35 އަހަރާއި ދެމެދު
- 36 އަހަރުން މަތި
3.3 ގްރޫޕް މަދަހަ :
- މިބައިގައި ސްކޫލް ދަރިވަރުންނަށާއި އާންމުންނަށް ބައިވެރިވެވިދާނެއެވެ.
- ގްރޫޕް މަދަހައިގައި ބައިވެރިވާ ގްރޫޕްތަކުގައި ކޮންމެ ގުރޫޕެއްގައި މަދުވެގެން 6 ބައިވެރިން ގިނަވެގެން 12 ބައިވެރިންނަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
4. މުބާރާތަށް އިންސާފުކުރުން.
- މިމުބާރާތަށް އިންސާފުކުރާނީ އެކަމަށްޓަކައި މިކައުންސިލުން ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުންނެވެ. އަދި މުބާރާތަށް އިންސާފު ކުރުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.
ބައިތައް |
މާރކްސް |
ކިޔުންތެރިކަން |
35% |
ހަމަ ހިފެހެއްޓުން |
10% |
އަކުރު އަދާކުރުން |
5% |
5. މުބާރާތުގައި ކިޔާ މަދަޙައިގެ މިންވަރު:
- މުބާރާތުގައި ހުށައަޅާނީ މަދަޙައިގެ މައިގަނޑާއެކު ދެކަޑިއެވެ.
6. މުބާރާތުގައި ހޮވާނެ ވަނަތައް:
- ކޮންމެ ކެޓަގަރީއަކުންވެސް 1ވަނަ، 2ވަނަ އަދި 3ވަނަ ( ޓްރޮފީ އާއި، ހަނދާނީ ލިޔުން )
- މުޅި މުބާރާތުގެ 1 ވަނަ، 2ވަނަ އަދި 3ވަނަ ( ފައިސާ އިނާމާއި، ޓްރޮފީ އާއި، ހަނދާނީ ލިޔުން )
- މުޅި މުބާރާތުން 1 ވަނަ 3،000 ރުފިޔާ.
- މުޅި މުބާރާތުން 2 ވަނަ 1،500 ރުފިޔާ .
- މުޅި މުބާރާތުން 3 ވަނަ 700 ރުފިޔާ .
- ގުރޫޕް ސްޓޭޖުން 1 ވަނަ ( ފައިސާ އިނާމާއި، ޓްރޮފީ އާއި ހަނދާނީ ލިޔުން)
- ގުރޫޕް މަދަޙަ 1 ވަނަ 1،000 ރުފިޔާ .
7. މުބާރާތުގައި ދިމާވާ މައްސަލަ ހުށައެޅުން.
- މިމުބާރާތް ހިނގަމުންދާއިރު ދިމާވާ މައްސަލައެއްގައި މަދަޙަ ކިޔާ ދަރިވަރަކު، ބެލެނިވެރިއަކު ނުވަތަ ރައްޔިތަކު ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ދިމާވާ ސެޝަނެއް ނިމުމުގެ ކުރިން މުބާރާތުގެ ކޯޑިނޭޓަރަށް ހުށައެޅުއްވުން އެދެމެވެ.
- އެއްވެސް ސަބަބަކާއިހުރެ އެބައިވެރިޔަކު މަދަޙަ ކިޔުމަށް ހަމަޖެހިފައިވާ ދަންފަޅީގައި ޙާޟިރު ނުވެވިއްޖެނަމަ ކިޔުމަށް ހަމަޖެހިފައިވާ ދަންފަޅި ނިމުމުގެ ކުރިން އެކަން މުބާރާތުގެ ކޯޑިނޭޓަރަށް ހުށައެޅުއްވުން އެދެމެވެ. އެފަދަ ބައިވެރިޔަކަށް އިތުރު ފުރުޞަތެއް ދިނުމާއިމެދު ގޮތެއް ނިންމާނީ މުބާރާތް އިންތިޒާމްކުރި ފަރާތުންނެވެ.
9. ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވުން.
- މި ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މުބާރާތް އިންތިޒާމްކުރި ފަރާތުންނެވެ.