މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެންގްރޫވް ކަޕް 2025 ގައި މާފަރު ފުޓްބޯޅަ ޓީމަށް ކުޅުމަށް ރަށުން ބޭރުން ގެނެވޭ 5 ކުޅުންތެރިންގެ ކެއުން ހަމަޖައްސާނެ ފަރާތެއް ހޯދުމާއިގުޅޭ

 އިޢުލާން

 

މެންގްރޫވް ކަޕް 2025 ގައި މާފަރު ފުޓްބޯޅަ ޓީމަށް ކުޅުމަށް ރަށުން ބޭރުން ގެނެވޭ 5 ކުޅުންތެރިންގެ ކެއުން ހަމަޖައްސާނެ ފަރާތެއް ހޯދުން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަން ޝިޕް 2025 ގައި މާފަރު އެފް.ސީ ފުޓްބޯޅަ ޓީމަށް ރަށުން ބޭރުން ގެނެވޭ 5 ކުޅުންތެރިންނަށް 14 އޭޕްރީލް އިން ފެށިގެން 30 އޭޕްރީލް ގެ ނިޔަލަށް ކޮންމެ ދުވަހަކު 4 އިރުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް  މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 14 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދި ދަންނަވަމެވެ.

 

 މެއިލް އެޑްރެސް: [email protected]

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9893131އަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 އެޕްރީލް 2025
ހޯދާ