މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކާނުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކާނުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ އުތުރު އޭޕްރަންގެ ކާނުތައް، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 27 ވާ އާދިއްތަދުވަހުގެ މެންދުރު 1:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC02 ދާއިރާއިން 1، 2، 3، 4، 5، ނޫނީ 6 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2025 މޭ 04 ވާ އާދިއްތަދުވަހުގެ މެންދުރު 1:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 މޭ 12 ވާ ހޯމަދުވަހުގެ މެންދުރު 1:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 މޭ 12 ވާ ހޯމަދުވަހުގެ މެންދުރު 1:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3026431/3337430/3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

13 އެޕްރީލް 2025
ހޯދާ