ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޮވުން

އިޢުލާން

 

ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޮވުން:

 

މި ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަޢުލީމާއި ހުނަރު އިތުރު ކޮށްދިނުމުގެ ގޮތުން އަންނަ މޭ މަހު ފަހާ ކޯހެއް ހިންގުމަށް މި އަހަރުގެ މަސައްކަތު ތާވަލުގައި ވަނީ ހިމަނާފައެވެ.

ވީމާ، މިފަދަ ކޯހެއް އަމިއްލަ ތަކެތީގައި ހިންގައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކުގައިވާ މައުލުމާތު ކަރުދާހާ އެއްގޮތަށް 2025 އެޕްރީލް 30 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ގަޑިތަކުގައި މި އިދާރާގެ ނަންބަރު 6820007 އަދި ކައުންސިލް މެންބަރު ނަޝިދާ ޙަނީފް 7246674 ފޯނަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

15 ޝައްވާލް 1446

13 އޭޕްރީލް 2025

13 އެޕްރީލް 2025
ހޯދާ