މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް ކަނޑުގެ ބަދަރުތަކަށް އަންނަ އާގު ބޯޓުފަހަރަށް، އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރިވެންޝަން އޮފް ޕޮލޫޝަން ފްރޮމް ޝިޕްސް މުޢާހަދާގެ ދަށުން ޕޯޓް ރިސެޕްޝަން ފެސިލިޓީސްގެ ޚިދުމަތް (އޮއިލް ރެސިޑިއުސް، ނުރައްކާތެރި ދިޔާ ތަކެތި، ސްވޭޖު، ގާބޭޖު އަދި އޯޒޯން ފަށަލަޔަށް ގެއްލުންދޭ ތަކެއްޗާއި އެގްޒޯސްޓް ގޭސް ސާފު ކުރުމުން އުފެދޭ ބާކީތައް) ދިނުމަށް ބޭނުންވާ ފަރާތްތަކުން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ސަރކިއުލަރ ނަންބަރު MEPC.1/Circ.834/Rev.1(08 މާރިޗް 2018)"ކޮންސޮލިޑޭޓެޑް ގައިޑްލައިން ފޯ ޕޯޓް ރިސެޕްޝަން ފެސިލިޓީ ޕްރޮވައިޑަރސް އެންޑް ޔޫސަރސް" ގައިޑް ލައިން ގައިވާ ކަންކަމަށް ރިއާޔައް ކުރައްވައި އެފަރާތުން ޚިދުމަތް ދިނުމަށް ރާވާފައިވާ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.

އެހެންކަމުން، ޕޯޓް ރިސެޕްޝަން ފެސިލިޓީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތުން ޚިދުމަތް ދިނުމަށް ރާވާފައިވާ ގޮތްތައް ބަޔާންކޮށް 30 އޭޕްރީލް 2025 ގެ ކުރިން މިމިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅުވައި ދިނުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

13 އެޕްރީލް 2025
ހޯދާ