ދިވެހިރާއްޖެ
IUL: E2/IL/2025/08
ލޭބަރަރ، ޓަރމިނަލް ސަރވިސް (2)
މަޤާމުގެ ޝަރުޠު:
- ގްރޭޑް 7 ނިންމާފައިވުން (ނުވަތަ)
- އިނގިރޭސި އަދި ދިވެހިން ލިޔަން ކިޔަން އެނގުމާއި އެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
- ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
- ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭފަދަ މީހަކަށްވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ޗެކިން ސަރަހައްދު އަދި ވަށައިގެންވާ ހުރިހާ ސަރަހައްދުތަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްލުން.
- ޗެކިން ފެށުމުގެ 15 މިނެޓްކުރިން ބޮކިތަކާއި އޭސީތައް ޖައްސާ އެއާފްރެޝްނާކުރުމާއި ފާހަނާތަކުގެ ކަރަންޓް ޖައްސާ ބަލާ ޗެކްކުރުން.
- ފުރަން އަންނަ ފަސިންޖަރުންނަށް (ހާއްސަކޮށް ބަލިމީހުން، އަންހެނުން އަދި މުސްކުޅި ފަސިންޖަރުން) އެހީވުން.
- ޑިޕާޗަރ ހޯލް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
- އެރައިވަލް ހޯލް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
- ބޯޓު ޖެއްސުމުގެ 10 މިނެޓްކުރިން އޭސީތަކާއި ބޮކިތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކޮށް ޖެއްސުން.
- ޗެކިން އަށް އަންނަ ޕެސެންޖަރުންނަށް ވީލްޗެއަރ ބޭނުން ވެއްޖެ ހާލަތެއްގައި ގެނެސްދީ ޑިޕާޗަރ އާއި ހަމައަށް ވައްދައިދިނުން.
- ޓަރމިނަލް ސަރަހައްދު ވަށައިގެންވާ ހުރިހާ ތަނަކާއި ތަކެއްޗެށް ސާފުކޮށް ބެލެހެއްޓުން.
- މަތީގައި ދެންނެވިފައިވާ ކަންތަށްތަކުގެ އިތުރުން ހަވާލުކުރެވޭ (ދާއިރާއާއި ގުޅޭ) އެހެނިހެން މަސައްކަތްތަށްކުރުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/5,000 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.(އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.