އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ލޭބަރަރ، މެއިންޓަނެންސް

 

IUL: E2/IL/2025/09

ލޭބަރަރ، މެއިންޓަނެންސް (6) 

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސްއޫލއްޔަތު އަދާ ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ސާބިތުކޮށްދިނުމާއިއެކު، އުމުރުން 55 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން

މަޤާމުގެ ގިންތި:

  •  ކޮންޓްރެކްޓް (1 އަހަރު)   

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • އެއަރޕޯޓް އިމާރާތްތަކާއި ވަސީލަތްތައް ދަމަހައްޓާ މަރާމަތުކުރުން.
  • ވިނަކޮށައި، ކުނިކަހައި ފަތް ނަގައި،  ގަމުގެ އެކި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
  • ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން.

މުސާރަ އާއި އިނާޔަތްތައް:

  • މުސާރަ: -/5,000 ރުފިޔާ
  • ސާވިސް އެލަވަންސް -/3,450 ރުފިޔާ
  • އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.(އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

13 އެޕްރީލް 2025
ހޯދާ