ދިވެހިރާއްޖެ
ފޮތްމައުރަޒެއް ބޭއްވުން
ދިވެހިބަހުގެ އެކެޑަމީން މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ ހަވީރެއް ބާއްވަން ވަނީ ނިންމައިފައެވެ. މި ހަވީރުގައި ދިވެހިބަހުން ލިޔެފައި ހުރި ފޮތް ވިއްކަން ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1ގެ 2ވަނަ ރުއްގަނޑު ސަރަހައްދުގައި، 2025 އޭޕްރީލް 19 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ން 18:00 ށެވެ.
ވީމާ، މި ހަވީރުގައި އޮންނަ ފޮތްމައުރަޒު ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 އެޕްރީލް 15ގެ 14:00ގެ ކުރިން ލިޔުމަކުން އެކަން މި އޮފީހަށް އެންގެވުން އެދެމެވެ. އެކަމަށް އެދޭ ލިޔުމުގައި މި ކަމުގައި ދިވެހިބަހުގެ އެކެޑަމީން މުއާމަލާތުކުރާނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028005 3028004، 3028000 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް [email protected]