ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ޤުރުއާން ޓީޗަރ

ވަޒީފާގެ ފުރުސަތު

              މިޢިދާރާއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާސްތަކުގައި ކިޔަވާދެއްވާނެ މުދައްރިސުން ބޭނުންވެއްޖެއެވެ.

                                         

މަޤާމް:  ޤުރުއާން ޓިޗަރ

ބޭނުންވާ ޢަދަދު: 4 ( ހަތަރެއް )

އެލަވަންސް:  5000 ރުފިޔާ

ޔުނިޓް: މުނިސިޕަލް ސާރވިސް

 

މަޤާމްގެ ޝަރުތު: 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ދަށްވެގެން ޤިރާއަތު ލެވަލް 1 ގެ ސެޓްފިކެޓް ޙާސިލްކޮށްފައިވުން ނުވަތަ ޤުރުއާން ޓީޗިންގް ފުރިހަމަކޮށްފައިވުން.

2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި ސިއްހަތު ރަނގަޅުމީހެއްކަމުގައިވުން

3. އުމުރުން 18 މަތީގެ މީހެއް ކަމުގައިވުން.

      

މަޤާމުގެ މަސްޢޫލިއްޔަތު:

1. ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން އިންތިޒާމްކުރާ ޤުރުއާން ކުލާސްތަކުގައި ދަރިވަރުންނަށް ޤުރުއާން އުނގަންނައިދިނުން.

2. ކޮންމެ ހަފުތާއަކުވެސް އެހަފްތާގައި ނަގާދިނުމަށް ކަނޑައަޅާފައިވާ ކުލާސްތަކުގެ ލެސަން ޕްލޭން ކައުންސިލުން ކަނޑައަޅާފައިވާ ސްޕަވައިޒަރަށް ހުށަހެޅުން އަދި ލެސަންޕްލޭނާއި އެއްގޮތަށް އުގައްނައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

 

އިނާޔަތްތައް:

   ހަމަޖެހިފައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.

 

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

21 ޢޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

 

 ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

  • އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.

 

              މިމަޤާމަށް ކުރިމަތިލީފަރާތްތަކުގެތެރެއިން ޓީޗަރުން ހަމަޖެއްސުމުގައި ތަޢުލީމާއި ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.

              މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

13 އެޕްރީލް 2025
ހޯދާ