ދިވެހިރާއްޖެ
މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ވޯކްވޭ ހަދައިދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، ސްކޫލްގެ އިދާރީ އޮފީހަށްވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ތާރީޚް  | 
 ގަޑި  | 
| 
 މައުލޫމާތު ސާފުކުރުން  | 
 15 އޭޕްރީލް 2025 ( އަންގާރަ )  | 
 11:00  | 
| 
 އަންދާސީ ހިސާބު ހުށައެޅުއްވުން  | 
 17 އޭޕްރީލް 2025 (ބުރާސްފަތި)  | 
 11:00  | 
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. ވީމާ، މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އެޑްރެހަށް ވަޑައިގެން މައުލޫމާތު ސާފުކޮށް އަދި ދަންނަވާ ތާރީޚަށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތުސާފުކުރަން ވަޑައިގެން ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780015 އާ ގުޅުއްވުން އެދެމެވެ.
