ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ސ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 އެޕްރީލް 2025 ން 17 އެޕްރީލް 2025 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ބަލާލަން ބޭނުންފުޅުވާނަމަ 16 އެޕްރީލް 2025 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 24 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ.
މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ.
ސ.އަތޮޅު މަދަރުސާ
ފޯން ނަންބަރ:6895679
އީމެއިލް އެޑްރެސް:[email protected]