ދިވެހިރާއްޖެ
މަސައްކަތް |
އއ. އުކުޅަހު ކައުންސިލްގެ ބޭނުމަށް އެކްސްކެވޭޓަރއެއް ސަޕްލައި ކޮށްދިނުން |
|
ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން |
ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މަޢުލޫމާތު ކަރުދާހަށް، 17 އޭޕްރިލް 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.
ކައުންސިލުން މަޢުލޫމާތު ކަރުދާހަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ. |
|
ބިޑް ހުށަހަޅަންޖެހޭ ތަން |
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ. |
|
ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި |
ތާރީޚު: 27 އޭޕްރިލް 2025 |
ގަޑި: 11:00 |
ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. |
||
ބިޑް ހުޅުވާ ތާރީޚު އަދި ގަޑި |
ތާރީޚު: 27 އޭޕްރިލް 2025 |
ގަޑި: 11:00 |
ބިޑް ހުޅުވާ ތަން |
ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ. |
|
އިތުރު މަޢުލޫމާތު |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 17 އޭޕްރިލް 2025 ވާ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. "އއ. އުކުޅަހު ކައުންސިލްގެ ބޭނުމަށް ދަށުގައިވާ އެކްސްކެވޭޓަރއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:" ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 13 އޭޕްރިލް 2025 |